ޚަބަރު
ކުށުގެ ވެއްޓަށް ބޮޑު ބަދަލެއް ގެނައީ މި ސަރުކާރުން: އިމްރާން

ކުށުގެ ވެއްޓަށް ފަހި ބޮޑު ބަދަލެއް ގެނައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ސޯލިހު ވެރިކަމާއި ހަވާލުވި އިރު، ރާއްޖޭގައި ރިހެބިލިޓޭޝަން ގެ މަސައްކަތް ކުރެވިފައި ހުރީ ވަރަށް މަދު ޔުނިޓެއްގައި ކަމަށެވެ. އަދި ޖަލުގެ ނިޒާމުގައި ކޮމާންޑިން ލެވެލެއްގައި ރިހެބިލިޓޭޓް ކުރުމުގެ އިންތިޒާމެއް ވެސް މީގެ ކުރިން ހަމަޖެހިފައި ނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި، ކުށުގެ ވެށި ރަނގަޅު ކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން ހިންގުނު ޕްރޮގްރާމުތަކުން ޕެރޯލު ދިނުމަށް ޝަރުތު ހަމަވެ، އިންޓަވިއުގެ އެންމެ ފަހު މަރުހަލާގައި ގިނަ ގައިދީންތަކެއްގެ ފަރާތުން ރަނގަޅު ސުލޫކާއި އަހުލާގު ފާހަގަ ކުރެވުނު ކަންވެސް އިމްރާން ފާހަގަކުރެއްވި އެވެ.

މިހާތަނަށް ޕެރޯލުގެ ތެރެއިން 185 މީހަކަށް ފުރުސަތު ދެވިފައިވާ ކަމަށާއި ސްޓެލްކޯ އާއި ގުޅިގެން ކުރި މަސައްކަތުން ޕެރޯލުގައި ބައިވެރިވި ގައިދީންގެ ތެރެއިން 26 މީހަކަށް ވަޒީފާގެ ފުރުސަތު ދީފައިވާ ކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އޭގެ ތެރެއިން ގިނަ ބަޔަކަށް ދައިމީ ވަޒީފާ ލިބިގެން ގޮސްފައިވާ ކަމަށް އިމްރާން ވަނީ ފާހަގަކޮށްފަ އެވެ. ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުން ތަޖުރިބާ ކުރަމުންދާ، އޯޕެން ޕްރިޒަން ނުވަތަ އިންޑަސްޓްރިއަލް ޕްރިޒަން އެއް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ސަރުކާތުން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!