ޚަބަރު
ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ތިން ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ޙަވާލުކޮށްފިއެވެ. މިއަދު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމެނެންޓް ސެކެރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ.

ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލު ކުރި ރަށްތަކަކީ ބ.ކެންދޫ، ބ.ދަރަވަންދޫ އަދި ސ.ހިތަދޫއެވެ. މިގޮތުން ބ.ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 39.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢޫގެ ދަށުން ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 17 ބްރޭކް ވޯޓަރ، 803 މީޓަރު ސަރަހައްދެއްގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 90 މީޓަރު ސަރަހައްދެއްގައި 2 ގްރޮއިން ޤާއިމްކުރުމާއި، 80 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 20 މީޓަރު ފުޅާ، 40 މީޓަރު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ޤާއިމްކުރުންވެސް ހިމެނެއެވެ. މިއީ 1 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މަސައްކަތެކެވެ.

އަދި ބ.ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 22.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢޫގެ ދަށުން ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 7 ބްރޭކް ވޯޓަރ، 490 މީޓަރު ސަރަހައްދެއްގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 96 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، އުތުފަރާތު ގޮނޑުދޮށް ވެލިއަޅައިގެން ތަރައްޤީކުރުންވެސް ހިމެނެއެވެ. މިއީ 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫޢޫއެކެވެ.

ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި، މި ޕްރޮޖެކްޓްގެ ދަށުން ހިތަދޫގެ ހުޅަނގުފަރާތުން 570 މީޓަރގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންތެއް ގާއިމް ކުރާނެއެވެ. އަދި 15*50 މީޓަރުގެ ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ. އަދި 100 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާއެއް ގާއިމް ކުރާނެއެވެ. މި މަޝްރޫއުގެ އަގަކީ 11 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢުތަކާއެކު ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއްލިބި މޫދަށް އެރޭ ޚާއްޞަ ސަރަހައްދެއް ޤާއިމްކުރެވިގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!