ޖަވާޒީ ހަޔާތެއް ފައްޓާއިރު ކޮންމެ މީހަކުވެސް ބަލަނީ އިންނަން ބޭނުންވާ މީހާ އަކީ އެންމެ ފަހު ނޭވާއާއި ހަމައަށްވެސް އެކުގައި ދިރިއުޅުން ހޭދަ ކުރާނެ މީހަކަށް ވުމެވެ. އެގޮތުން އެންމެ ގިނައިން ކައިވެންޏެއް ރޫޅެން ޖެހޭ އެއްސަބަބަކީ ދެމީހުންގެ ދޭތެރޭގައި އޮންނަ ތެދުވެރިކަން ނެތުމެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ބޭވަފާތެރެިވަނީ ފިރިހެނުންނެވެ. އަންހެނުންވެސް ބޭވަފާތެރިވާލެއް މަދެއް ނޫނެވެ. އެހެންކަމުން މިހިމަނާލަނީ އިންނަން ބޭނުންވާ ފިރިހެނެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ބައެއް ސިފަތަކެވެ.
ތެދުވެރިކަން:
ތެދުވެރިކަމެއް ހުރިތޯ ބެލުން ވަރަށް ރަގަޅެވެ. މިއީ މުޅި ކައިވެންޏަށް އޭގެ މާނަ ގެނުވައިދޭ އެއް ސިފައެވެ. ވީހިނދު ތިބާ ރައްޓެހިވެގެން އުޅޭ ދުވަސްތަކުގަ އެއީ ތެދުވެރިއެއްކަމަށް ވާނަމަ އޭނާ ފަހަރުގައި އެހެން މީހަކުފެނި ތިބާމަތިން ފޫހި ވުމަކީ ނާދިރު ކަމަކަށްވެދާނެއެވެ.
އިހްތިރާމް:
މިކަން ޗެކް ކޮށްލުމަށް ރެސްޓޯރެންޓަކަށް ގޮސް ވެއިޓަރެއްގެ ކައިރީގައި ބުނެގެން ރައްޓެހިވެގެން އުޅޭ މީހާ ނުވަތަ އިންނަން ތިއުޅޭ ފިރިހެނާގެ ގަޔަށް ފެންތައްޓެއް އަޅާލާށެވެ. އެހިސާބުން އޭނާ ވެއިޓަރާމެދު ކަންތައް ކުރާ ގޮތުން އޭނާ ތިބާއަށް އަދި އެހެން މީހުންނަށް އިހްތިރާމް ކުރާ މިންވަރު ބެލިދާނެއެވެ.
މެންޓަލް ހެލްތު:
އިހްސާސްތަކަށް ކެތްކުރެވޭ ވަރުގެ މީހެއްތޯ ބަލާށެވެ. ޑިޕްރެޝަންއަށް ގޮސްފައިވާ މީހެއްތޯވެސް ބަލަންޖެހޭނެއެވެ. ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހޭއިރަށް އަތުގައި ކަޓަރުއަޅާ އަންހެން މީހާ ބްލެކްމެއިލް ކުރާ ފެންވަރު މީހަކަށް ވެގެން ނުވާނެއެވެ.
ދަރިއަކު ބޭނުންތޯ ބެލުން:
މިއީ ގިނަފަހަރު އެންމެންވެސް ބޭނުންވާ ކަމެކެވެ. އެހެންނަމަވެސް މަދު މީހަކު ދަރިއެއް ބޭނުންނުވެ ގިނަ ދުވަހު އިނދެގެން ހުންނަން ބޭނުންވެދާނެއެވެ. މިއީ ތިބާ ބޭނުންވާ ގޮތްކަމަށް ނުވެދާނެއެވެ.
އަޑުއެހުމުގެ ގާބިލްކަން ހުރި މީހަކަށްވުން:
މިވެސް އިނުމުގެ ކުރިން ބައިވެރިޔާ ކިބައިގައި ހުންނަންޖެހޭކަމަށް ބަލާއެއް ސިފައެވެ. މައްސަލައެއްޖެހޭވަގުތު އަރައިރުންވެ އަތް އިސްކުރުމުގެ ބަދަލުގައި އެމީހަކީ ދައްކާވާހަކަ އަޑުއަހާ އެކަން ހައްލު ހޯދެންޖެހޭ މީހަކަށްވާންޖެހޭނެއެވެ