ޚަބަރު
ކުރިޔަށް އޮތް ބަަންދުގައި ދެ ދުވަހު ބެންކުން ޚިދުމަތް ލިބޭނެ: ބީއެމްއެލް

ކުރިޔަށް އޮތް ބޮޑު އީދުބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ދިނުމަށް ބޭންކްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ދެ ދުވަހުކަމަށް އެބޭންކުން ބުނެފިއެވެ.

އެމްއެމްއޭ ގެ އިއުލާނާއި އެއްގޮތަށް ކުރިއަށް އޮތް އީދު ބަންދުގެ ދުވަސްތަކުގައި ބޭންކު ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖުލައި ވާ ބުދަ ދުވަހާއި  27 ޖުލައި ވާ އަންގާރަ ދެދުވަހުއެވެ. މި ދެދުވަހު ބެންކު ހުޅުވިފައި ހުންނާނީ، ހެނދުނު 8:30 މެންދުރު 2:00 އާ ހަމައަށް ކަމަށް އެބޭންކުން މަޢުލޫމާތު ދެއެެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން، ބަންދު ދުވަސްތަކުގައިވެސް އޭޓީއެމް ސެންޓަރ ތަކުން 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ޚިދުމަތް ލިބިގެންދާނެއެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމް ކުރެވިފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް ބަންދު ދުވަސްތަކުގައިވެސް ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތް ލިބިގެންދާނެއެވެ.

ބޭންކަށް ހިދުމަތް ހޯދަން ދިޔުމުގެ ކުރިން ކިއުބީ އެޕް މެދުވެރިކޮށް ޓޯކެން ނަގައިގެން އައުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެޕް މެދުވެރިކޮށް ޓޯކެން ނަންބަރު ޖެހެން ބާކީ ތިބީ ކިތަށް މީހުންތޯ ބަލައި ޓޯކަން ނަންބަރު ޖެހެން ކައިރި ވުމުން އައުމަށް ބެންކުން އިލްތިމާސް ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!