ޚަބަރު
26 އަހަރުގެ ޒުވާނަކަށް 3 ލައްކަ ރުފިޔާގެ ޖޫރިމަނާއަކާއި 78 އަހަރުގެ ޖަލު ހުކުމެއް!

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތިން ދަޢުވާއެއް ސާބިތުވެ 26 އަހަރުގެ ޒުވާނަކު 78 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ ޅ.ނައިފަރު ޢުމުރުން 26 އަހަރުގެ މުޢުތަސިމް ޔޫސުފްގެ މައްޗަށެވެ. އޭނާގެ މައްޗައްވަނީ 3 ދައުވާ އެއް ކޮށްފައެވެ. އެއީ ވަނީ ކުށަށް އިޢުތިރާފްވެފައެވެ. އަދި އޭނާ ވަނީ ޝަރީޢަތުގައި އެކުށް ކުރި ގޮތްވެސް ކިޔައިދީފައެވެ.

އޭނަގެމައްޗަށް ކޮށްފައިވާ ޙުކުމުގައި ކެނަބިސް ބޭނުންކުރުމުގެ ދައުވާއާ ގުޅިގެން އިއްވާފައިވަނީ 2 އަހަރާއި 8 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތިން ދައުވާއަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ތިން ދަޢުވާގެ ޢުމުރު ދުވަހުގެ ޙުކުމަކީ 75 އަހަރެވެ.

އެ ތިން ދައުވާގެ ތެރެއިން ކޮންމެ ދައުވާއަކަށް 100،000 އިން ޖޫރިމަނާކޮށްފައިވެސްވެއެވެ. އެހެންކަމުން އެއީ ޖުމްލަ 300،000 ރުފިޔާގެ ޖޫރިމަނާއެކެވެ. އެ ފައިސާ 12 މަސްދުވަހުގެ ތެރޭގައި ދައްކަންވެސް ޙުކުމުގައި ޢަމުރުކޮށްފައިވެއެވެ.

Comment