ދީން
ދުނިޔޭގެ މީހުންގެ 4 ޙާލަތު

ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްކުރައްވާފައިވެއެވެ.
”ދުނިޔޭގެ މީހުންގެ ޙާލަތުވަނީ ހަތަރު ޙާލަތަކަށެވެ.

  • މުއްސަނދި ޢިލްމުވެރިޔާ

އޭނާ އެމުދަލާއި ޢިލްމުގެ ޒަރިއްޔާއިން ﷲއަށް ތަޤްވާވެރިވެ ރަހިމުގެ ގުޅުން ދަމަހައްޓައެވެ. އަދި އެދެނިޢުމަތުގެ ޙައްޤު ފުރިހަމައަށް އަދާކުރެއެވެ. ފަހެ މިއީ އެ މަތިވެރި ޙާލަތެވެ.

  • ފަޤީރު ޢިލްމުވެރިޔާ

ފަހެ އޭނާގެ ނިޔަތް ތެދުވެރިއެވެ. އަދި އޭނާ ބުނެއެވެ. އަހުރެންނަށް މުދާލިބިގެން ވާނަމަ އޭނާ މުދަލުން އެހޭދަކުރި ހޭދަކުރުން އަހުރެންވެސް ހޭދަކުރީމުހެވެ. ފަހެ އެދެމީހުންގެ އަޖުރު ހަމަހަމަވެގެން ވެއެވެ.

  • މުއްސަނދި ޖާހިލުމީހާ

އޭނާ އެމުދާ ހަވާނަފްސުގެ އެދުންތަކަށް ޚަރަދުކޮށް ހަދައެވެ. އަދި އެމުދަލުން ﷲއަށް ތަޤްވާވެރިއެއް ނުވެއެވެ. އަދި ރަހިމުގެ ގުޅުން ދަމަހައްޓައެއް ނޫޅެއެވެ. އަދި މުދަލުގެ ޙައްޤު އަދާއެއް ނުމެކުރޭމެއެވެ. ފަހެ މިއީ އެންމެ ނުބައިވެގެންވާ ޙާލަތެވެ.

  • ފަޤީރު ޖާހިލުމީހާ

ފަހެ އޭނާ ފުރިހަމަ ނިޔަތާއެކު ބުނެއެވެ. އަހުރެންނަށް މުދާ ލިބިގެން ވާނަމަ، އޭނާ އެޚަރަދުކުރި ޚަރަދުކުރުން އަހުރެންވެސް ޚަރަދުކުރީމުހެވެ. ފަހެ އެދެމީހުން ފާފައިގެ ގޮތުން ހަމަހަމަވެގެންވެއެވެ.“

މަސްދަރު: އައްޝެއިޚް މުޙައްމަދު އިބްރާހިމް ފޭސްބުކްޕޭޖް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!