ރިޕޯޓް
ވިހެއީވެސް އަންހެނެކެވެ. އަންހެނުންނާއިމެދު އަނިޔާވެރިވާން ހެޔޮ ވާނީ ކިހިނަކުން ހެއްޔެވެ؟

ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ އަޅާ ވޭނަކީ އެއްވެސް ފިރިހެނަކަށް ތަކްލީފްކުތެވޭނެ ވޭނެއް ނޫނެވެ. އެ އަންހެނާގެ އަތާއި ފައި ދުޅަކޮށްގެން ބަނޑުގައި ފުރާނައެއް ގެންގުޅުނެއެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ. ކުރީ ހިތްވަރެއެވެ. ކެެތްކުރިއެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އިންސާނާއަށްޓަކައި ގުރުބާންކުރީ ކުރިމަތީގައި އޮތީ މަރުކަމުގައިވިޔަސް ހެޔޮ ކަމުގައި ހަދައިގެންނެވެ. އެ މަރަށްޓަކައި ތި ފުރާނައިގެން އޭނާ ތައްޔާރުވިއެވެ. މިއީ ދެ ތިން ދުވަހެއްގެ ތަކްލީފްގެ ވާހަކައެއް ނޫނެވެ. ނުވަ މަސްދުވަހުގެ ތަކްލީފެއެވެ. ބިރަކާއި ތަދެއް ނެތިއެވެ.

ދެންވެސް އުފުލީ އެވަރުގެ ތަކްލީފެކެވެ. ވިހެއުމެވެ. ސުބުހާނަ الله. އެއަށްފަހު ގާތުން ކިރުދީ ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް މަސައްކަތްކުރިއެވެ. އުރަމައްޗަށް ބާރުވެ އެ ވޭނުގައި އުޅެނީ ކިތައް މައިން ހެއްޔެވެ؟ ތިބާއަށް މީރު ކާއެއްޗެހި ކާންދިނުމަށްޓަކައި ވަރުބަލިކަމެއް ނެތި، ޝަކުވާއެއްނެތި ތިބާއަށްޓަކައި ކާތަކެތި ރޯފިލުވައިދެއެވެ. އަދިވެސް އޭނާ ތިބާގެ ހިދުމަތުގައެވެ. ހަމަ ގައިމުވެސް ފިރިހެނެއް ނޫނެވެ.

ދެން ރިވެތި ތަރުބިއްޔަތު ދީ ބޮޑެތި ޔުނިވަރސިޓީތަކަށް ފޮނުވިއެވެ. ދެންވެސް ބައްދަލުވާނީ ތިބާ ހިތްހެދި ގޮވާ އަންހެނަކާއިއެވެ. އިހްސާސްތަކުގައި އަޑުއަހާ ބައިވެރިއެކެވެ. ޒަވާޖީ ހަޔާތެއް ފަށައި ކަންތައްތައް ބަލަހައްޓައިދެނީ އަނބިމީހާއެވެ. އެއީ ތިބާގެ ދަރިފުޅުގެ މަންމައެވެ. އެ ދަރިފުޅު ދުނިޔެއަށް ގެނައުމަށްޓަކައި ވޭންއެޅި ކަމަނާއެވެ. އޭނާއަށް އޯގާތެރިވެ އެހީތެރިވުން ނޫންގޮތެއް ނެތެއެވެ. ދަރިންދެކެ ލޯބިވާ ފަދައިން އެކުދިންގެ މަންމަ ދެކެ ލޯބި ނުވެވެނީ ކީއްވެ ހެއްޔެވެ؟ އޭނާއަށް އިހްތިރާމްނުކުރެވެނީ ކީއްވެ ހެއްޔެވެ؟

ލިބުނު ދަރިފުޅަކީ އަންހެންކުއްޖެއް ކަމުގައި ވަނީ ނަމަ އެއީ ޖަންނަތަށްޓަކައި އޮތް ތަޅުދަނޑިއެކެވެ. ލޯތްބާއި ހިމާޔަތްދޭށެވެ. އަނިޔާއިން ސަލާމަތްކޮށްދޭށެވެ.

ކޮންމެއަކަސް އުރަމަތީގެ ކެންސަރު ގެ ޝިކާރަށްވަނީ ކިތައް އަންހެނުން ކަން އިގޭ ހެއްޔެވެ؟ ބުރަ ތަކްލީފެއް އުފުލިއްޔާ އުފުލަނީ އަންހެނުންނެވެ. ތިބާ ކަަހަލަ އެތައް ފިރިހެނުންގެ ހިދުމަތަށްޓައެކެވެ. އެހާވެސް އެކަނބަލުން މާތްވެގެންވެއެވެ.
އެހެނަސް އަމިއްލަ މައި ކަމަނާ މުސްކުޅިވާ ހާލު އަދި އަނބިމީހާ ދަރިން ނުލިބޭހާ އުމުރަށް ދިޔުމުން އެމީހުންނާއިމެދު ތި ދެކެނީ ކިހިނަކުން ހެއްޔެވެ؟ ޒުވާން އުމުރުގައިވިޔަސް މެއެވެ.

ވިސްނާ ފިކުރު ހިންގަވާށެއެވެ. ތިޔަ އިންސާނާއަކީ ބައްޕައެއްކަމުގައިވެސް ކާފައެއް ކަމުގައިވެސް ފިރިއެއް ކަމުގައިވެސް ބޭބެއެއް ކަމުގައިވެސް އަދި ގާތް އެކުވެރިއެއް ކަމުގައިވެސް ވެދާނެއެވެ. ނުދަންނަ މީހަކު ކަމުގައިވެސް ވެދާނެއެވެ. އެކަނބަލުންނަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދޭށެއެވެ. އޯގާތެރިވާށެއެވެ. އަނިޔާވެރިވުން ހެޔޮނުވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!