ޚަބަރު
 އެންޑީ އޭ ގެ ބޮޑެތި އިހުމާލުތަކެއް ހުރިކަމަށް ފާހަގަކުރެވޭ- މެމްބަރު މުޢުނީ

ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ބޮޑު ވަބާ އިން ޒުވާނުންނާއި މުޖުތަމަޢު ދުރުކުރުމުގެ މަސައްކަތުގެ ޒިންމާއާއި ހަވާލުވެ، މަސައްކަތްކުރަމުން އަންނަ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގައި ބޮޑެތި އިހުމާލުތަކެއް ހުރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ނައިބު މުގައްރިރު ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވިދާޅުވެއްޖެއެވެ.

ޗޭންޖް އެންޑީއޭ, ގެ ނަމުގައި ރައްޔިތުންގެ މަޖީލީހުގެ ޕެޓިޝަން ކޮމިޓީއަށް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ސްޕޮންސަރ ކުރައްވައި، 24 މާޗް 2021 ވަނަ ދުވު ހުށަހަޅުއްވާފައިވާ ޕެޓީޝަނުގައި 1050 ފަރާތަކުން ސޮއިކޮށްފައިވާއިރު، މިޕެޓިޝަން، ރައްޔިތުންގެ މަޖިލީުގެ ޕެޓިޝަން ކޮމިޓިއަށް ހުށަހަޅާފައިވަނީ ހޭންޑްސް ޓުގެދަރގެ ފަރާތުން، ހ. މައިޒާން މުހައްމަދު ނަވީޒް ސަލީމްއެވެ.

ޗޭންޖް އެންޑީއޭ ޕެޓިޝަން ދިރާސާކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މެމްބަރުން އެންޑީއޭގެ ވެރިންނާ ބައްދަލުކުރުމަށް އެދުމުން އެކަމާ ދެކޮޅު ހަދައި، ބައްދަލުކޮށްފައިނުވާކަމަށްވެސް ޕެޓިޝަން ކޮމިޓީގެ ނައިބު މުގައްރިރު ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރުމަށް އެންޑީއޭގެ ބައެއް ވެރިން ދެކޮޅު ހަދާފައިވާއިރު އަތޮޅުތަކުގައި ގާއިމުކޮށްފައި ހުރި މަރުކަޒުތަކާމެދު ކަންކަން ކުރަމުން އަންނަނީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށްކަމަށް މުޣުނީ ވިދާޅުވިއެވެ.

އެއްކަމަކަށް ފާހަގަކުރަން އަތޮޅުތެރޭގައި ހުރި މަރުކަޒުތަކުން ކަރުދާސް ރީމެއް ހޯދަން އެދެން މިޖެހެނީ މިކޮޅުގައި. މަހަކު 1000 ރުފިޔާ ދޭކަމަށް ވަނީ އަތޮޅުތަކުގައި ހުރި ސެންޓަރުތަކަށް. އެހުސްވީމާ ނިމުނީ. ދެން ވަރަށް ގިނަ ދުވަސް ދުވަހު އާދޭސްކޮށް ތިބެންޖެހޭ ކަމަށް ވަނީ. ކަރުދަސް ރީމެއް އެބަފޮނުވާ އެއަރ ފްރައިޓްގައި ލާރި ފޮނުވުމުގެ ބަދަލުގައި. އެއަރ ފްރައިޓް ކޮށްފައި ކަރުދާސް ރީމެއް، އަތޮޅުތެރޭގެ ހާލަތުގެ އެންމެ ބޮޑު ޒިންމާއެއްނަގަން ޖެހޭނީ އެންޑީއޭގެ ވެރިން.
އަބްދުލްމުޣުނީ / ކޮމިޓީގެ ނައިބު މުގައްރިރު

އެތައް މިލިއަނުން ކޮންމެ އަހަރަކު އެންޑީއޭއަށް ބަޖެޓް ދޭއިރު ބައެއް މަރުކަޒުތަކުގައި ބޯލާނެ ފެންފުޅިއެއްހާ ހިސާބުވެސް ނުހުންނަކަމަށް ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެމްބަރ އިބްރާހީމް ނަސީރު ވިދާޅުވިއެވެ. ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާ ކުދިންނަށްވެސް ފެންފުޅިއެއް ދިއްކޮށްލެވޭވަރު އަތޮޅުތަކުގައި ނުހުންނަކަން ނަސީރު ފާހަގަކުރެއްވިއެވެ.

އަތޮޅުތެރޭގައި ހުރި މަރުކަޒުތަކަށް މެމްބަރުން ޒިޔާރަތްކުރިއިރު ފާހަގަވި އަނެއްކަމަކީ ބައެއް މަރުކަޒުތައް ފަޅަށް ހުރުންކަމަށް މުޣުނީ ވިދާޅުވިއެވެ. އެތަންތަނުގައި މުވައްޒަފުން އެއްވެސް ކަމެއް ނުކޮށް ތިބޭއިރު އަނެއް ބައި މަރުކަޒުތަކަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން މަސްތުވާތަކެތި ބޭނުންކުރަން ބޭނުންވީމާ ދާ ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވާކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.

ސެންޓަރުތަކުގައިވެސް އަދި އެންޑީއޭގެ ތެރޭގައިވެސް ރަނގަޅު ނިޒާމެއް ގާއިމުކުރެވިފައި ނެތްކަން ފާހަގަވިކަމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ކުރިޔަށް ދެވޭނެ ގޮތްކެއް ކަނޑައަޅާފައި ނެތްކަން ފާހަގަވިކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. ނަމަވެސް އެންޑީއޭ ހެލްތު މިނިސްޓްރީގެ ދަށަށް މިހާރު ބަދަލުވެފައިވާއިރު އެތަނަށް ރަނގަޅު ބަދަލެއް ގެނައުމަށްޓަކައި ދުނިޔޭގެ އެހެން ގައުމުތަކުގައި މަސްތުވާތަކެތި ކޮންޓްރޯލްކުރުމަށް ގެންގުޅޭ ނިޒާމުތައް ބަލައިގެން އުސޫލެއް އެކުލަވާލަމުންދާކަން މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި އެއުސޫލު އައުމުން މިހާރު ހުރި މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް އަންނާނެކަމަށް ބެލެވޭކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. މެމްބަރުން ވަނީ ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް އެތައް މިލިއަނެއް ދޭއިރު އެފައިސާ ރަނގަޅު ގޮތުގައި ބޭނުންނުކުރާކަން ފާހަގަކޮށްފައެވެ.

ކޮމިޓީން ކުރިޔަށްގެންދިޔަ ދިރާސާތަކުގައި މައިގަނޑު 17 ހޯދުމެއް ވަނީ ހޯދާފައެވެ. އަދި ކޮމިޓީން ވަނީ މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް 10 ހުށަހެޅުމެއް ހުށަހަޅާފައެވެ. މީގެތެރެއިން އެއް ހުށަހެޅުމަކީ އެންޑީއޭގެ ވޭތުވެދިޔަ ފަސް އަހަރުގެ ފައިނޭންޝަލް އަދި ޕަރފޯމެންސް އޮޑިޓެއް، އޮޑިޓަރ ޖެނެރަލް އޮފީހުން ހެދުމެވެ. ޕެޓިޝަން ކޮމިޓީގެ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި މިއޮޑިޓްގެ ޒަރީޢާއިން އެންޑީއޭގެ ތެރޭގައި މިކަންކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާއި ކޮރަޕްޝަނާއި އެނޫންވެސް މައްސަލަތައް އެނގިގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!