ޚަބަރު
ތިނަދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ މެޗު ބަލަން ދިޔަ ސަޕޯޓަރެއް ސިޑިބަރިން ވެއްޓި ފައި ބިނދިއްޖެ

ގދ.ތިނަދޫގައި މިހާރު ހިނގަމުންދާ ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް މުބާރާތުގެ މެޗެއް ބަލަން ދިޔަ ސަޕޯޓަރަކު ސިޑިބަރިން ވެއްޓި ފައި ބިނދިއްޖެއެވެ.

އަނިޔާ ލިބުނު ސަޕޯޓަރު ކައިރީ ހުރި އެހެން ސަޕޯޓަރަކު ހުވަދޫ ނިއުސްއަށް މައުލޫމާތު ދިން ގޮތުގައި ރޭ ކުޅުނު މެޗަށް ސަޕޯޓް ކުރަން ސިޑިބަރީގެ އެންމެ މަތީގައި އިން އަންހެނަކު މެޗުގެ ފޯރިއާއެކު ސަޕޯޓް ކުރަން ހުއްޓާ ކަނާތު ފައި ސިޑިން ކަހާލައިގެން ވެއްޓި ކައިރީގައި ހުރި ސައިކަލެއްގެ މަތީގައި އޭނަގެ ބޯ ޖެހުނު ކަމަށެވެ.

ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެއަންހެންމީހާގެ ކަނާތު ފައި ތިންތަނުން ވަނީ ބިންދައިގެން ގޮސްފައެވެ.

އަނިޔާ ލިބުނު އަންހެން މީހާ އަށް މިހާރު ދަނީ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މިއަންހެންމީހާއަށް އަވަސް ޝިފާއަކަށް އެދެމެވެ.

އެއަންހެންމީހާ އަކީ ފެނަކަ ތިނަދޫ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފަކަށް ވާތީ ފެނަކަ ޓީމަށް ސަޕޯޓް ކުރުމަށް ތިނަދޫ އާރު އަވަށު ދަނޑަށް ގޮސް އިނީ ދަނޑުގެ ދެކުނު ފަރާތުގައި ހުރި ސިޑި ބަރިޔެއްގައެވެ.

ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗްތައް ރޭ ކުޅުމަށް ހަމަޖެހިފައިވުމާއެކު އެމެޗުތަކަށް ސަޕޯޓް ކުރުމަށް  ރަށުގެ ގިނަ ރައްޔިތުން ވަނީ ދަނޑަށް ގޮސްފައެވެ. އެހެންނަމަވެސް ހިތާމަޔަކީ ސަޕޯޓަރުން ތިބުމަށް ދަނޑުގެ ދެފަރާތުގައި ބަހައްޓާފައި ހުރި ސިޑިބަރި ތަކަކީ ކުޅި ބެލުންތެރިންނަށް އެހާ ރައްކާތެރި ގޮތަކަށް ހަދާފައިވާ ސިޑިބަރިތަކެއް ނޫންކަން ފާހަގަ ކުރެވެއެވެ.

މީގެ ކުރިންވެސް މިސިޑިބަރިތަކުން ވެއްޓި ސަޕޯޓަރުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!