މާލޭގެ މިސްކިތެއްގެ ފަންކާގައި އެއްޗެހި ހިއްކަން އެޅުވި މީހަކު ހައްޔަރުކޮށްފިއެވެ.
އިބްރާހިމް އަހުމަދު ނަމަކަށް ކިޔާ އުމުރުން 39 އަހަރުގެ މިމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 7 ދުވަސް ޖަހާފައެވެ.
އެއްޗެހި ދޮވެފައި މިސްކިތުގެ ފަންކާގައި އެޅުވި ކަމަށް އަހުމަދު ވަނީ ކޯޓުގައި އިއުތިރާފްވެފައެވެ. އެހެންކަމުން ގަސްތުގައި މިސްކިތުގެ ހުރުމަތް ކަނޑާލިކަމަށްޓަކައި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިހާރަކަށް އައިސް މާލޭގެ މިސްކިތްތަކުގައި ނިދައި ކައިބޮއި ހެދުމަކީ ވަރަށް އާންމު ކަމަަކަށް މިވަނީ ވެފައެވެ. މިސްކިތުގެ ތެރެޔަށް ވަދެ ހަތިމަށް ކުޅުޖެހި މައްސަލައެއްވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ކަހަލަ ކަންތައް އާންމުންގެ ފަރާތުން ފެންނަމުންދާތީ މާލެ ސިޓީ ކައުންސިލްގެ އިތުރުން އިސްލާމިކް މިނިސްޓްރީން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކަންބޮޑުވުން ފާޅުކުރަނީ އިސްލާމިކް މިނިސްޓްރީންނޭ؟