ކުޅިވަރު
އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް ޑިސެމްބަރ 30 ގައި

“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް” ޑިސެމްބަރ 30 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ވޮލީބޯޅަ މުބާރާތް އިންތިޒާމު ކުރާ ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިޔުނިޓީ އެމްޕަވަރމެންޓް (ފޭސް) އިން ބުނީ މުބަރާތް މިފަހަރު ގދ.ފިޔޯރީގައި ބޭއްވުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ޑިސެމްބަރ 30 ގައި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި، ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހުގެ ކުރިން ޓީމްތައް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ފޭސް އިން ބުނެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން 20 ޑިސެމްބަރގައި ޓީމް ލިސްޓް ހުށަހަޅަން ޖެހޭކަމަށްވެސް ފޭސް އިން ބުނެއެވެ.

ގދ.އަތޮޅު ކައުންސިލްގެ ވޮލީބޯޅަ މުބާރާތް އިންތިޒާމްކޮށް ހިންގައިދިނުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅި ފަރާތަކީ ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިޔުނިޓީ އެމްޕަވަރމެންޓް (ފޭސް) އެވެ. މިއަދު އަތޮޅު ކައުންސިލް އިދާރާގައި ވަނީ އަތޮޅު ކައުންސިލް އިދާރާ އާއި ފޭސް އާއި ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

އެގޮތުން ފޭސް ޖަމިއްޔާއިން މި މުބާރާތް ކުރިއަށް ގެންދާނީ ފިޔޯރީ ކައުންސިލާއި، ފިޔޯރީ ކޮމިޔުނިޓީ ސެންޓަރާއި ގުޅިގެންނެވެ.

ފޭސް ޖަމިއްޔާ އާއި އަތޮޅު ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ތެރެއިން–ފޮޓޯ: ގދ.އަތޮޅު ކައުންސިލްގެ އިދާރާ

މި މުބާރާތަކީ ރަށު ކައުންސިލް ތަކަށާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން އަތޮޅު ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށާއި، ކުޅިވަރުގެ ޖޯޝާއި ފޯރިއާއި ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގްސަދުގައި އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި އަންހެން ފިރިހެން ދެ ޑިވިޝަން އަށް ކުޅެވޭއިރު، ޗެމްޕިއަން ޓީމް އަށް 20،000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ރަނަރއަޕް އަށް 10،000 (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވިގެން ދާއިރު އަތޮޅުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާވެސް ހޮވިގެން ދާނެއެވެ.

މުބާރާތް އިންތިޒާމް ކުރާ ފޭސް ޖަމިއްޔާއިން މައުލޫމާތު ދެއްވާގޮތުގައި ރަށުން ބޭރުން މެޗު ކުޅުމަށް ފިޔޯރީ އަށް ދާ ޓީމު ތަކަށް އެދުވަހުގެ ހުރުމުގެ އިތުރުން ޓީމްތަކަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ޓީމް ތަކުގެ އޮފިޝަލުންގެ ޖާޒީ ފޭސް ޖަމިއްޔާއިން ހިލޭ ފޯރު ކޮށްދޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. މީގެ އިތުރުން ކުޑަ އަގެއްގައި ބޭނުން ޑިޒައިން އަކަށް ޓީމް ޖާރޒީ ތައްޔާރު ކުރުމުގެ އިތުރުން ޕްރިއޯޑަރަށް ސަޕޯޓަރުންގެ ޖާޒީ ފޯރުކޮށްދޭނެ ކަމަށްވެސް ފޭސް ޖަމިއްޔާއިން ބުނެއެވެ.

ފޭސް ޖަމިއްޔާއަކީ 2015 އަހަރުން ފެށިގެން ފިޔޯރީގައި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން ބީ.އެޗް.އެމްގެ އެހީގައި އެރަށު މިސްކިތް ބެލެހެއްޓުމާއި ތަދްރީސުލް ޤުރްއާންގެ ނަމުގައި ޤްރުއާން ކުލާހެއް ހިންގުމާއި، ރަށުގައި ޕާރކެއް ތަރައްޤީ ކުރުމުގެ އިތުރުން އެ ޖަމިއްޔާއިން ދަނީ ފޭސް އެކަޑަމީގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގަމުންނެވެ. އަދި އިޖްތިމާޢި ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފިތުރު ޢިދުގައި ޢީދު ސައި ނަމުގައި ސައެއް ފޭސް ޖަމިއްޔާއިން ބާއްވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!