މަޢުލޫމާތު
އެހެން މީހުންގެ ހާލަތާއި ކަންކަން ޖަޖްކުރުން ރަގަނޅު ކަމެއްބާ؟

އަހަރަމެންގެ ތެރެއިން ގިނަ މީހުންނަކީ، އެހެން މީހުންގެ ކަންކަމާއި، ހާލަތު ޖަޖުކުރުމަށް ކުޅަދާނަ ބަޔެކެވެ. ނަމަވެސް އެހެން މީހުންގެ ހާލަތާއި، ކަންކަން އަހަރަމެންނަށް ރަނގަޅު ގޮތެއްގައި ވަޒަންކޮށް ޖަޖު ކުރެވިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ.

ބޭރުފުށަށް ފެންނަ މަދު ސިފަޔަކަށް ބަލައި، ކުރާ ވަޒަންކުރުން އެއީ އެންމެ ރަނގަޅު ނިންމުމަށް ނުވުމަކީ އެކަށީގެންވާކަމެކެވެ. ބައެއް އިންސާނުންނަކީ ދެއްކުންތެރިކަމަށް ކުޅަދާނަ ބަޔެކެވެ. ބޭރުފުށުން ފެންނަ ހެޔޮ އަމަލާއި، އޯގާތެރިކަމާއި، ހިތްތިރިކަން ފަދަ ސިފަތަކީ އެހެންމީހުންނަށް ދައްކާ ދަޅަޔަކަށްވެފައި، އެތެރޭގައި ނުބައި ނުލަފާ ސިންގާއެއް ފަދަ ނުރައްކާތެރި ޝަޚުސިއްޔަތެއް ފޮރުވާފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

މިސާލަކަށް މުއްސަނދި ދިރިއުޅުމެއް އުޅޭ، އަބަދު އުފާވެރިކޮށް ފެންނަ މީހެއްގެ ދިރިއުޅުން ވަރަށް ފުރިހަމަވެފައި، އުފާވެރިވާނެކަމަށް ފަސޭހައިން ނިންމިދާނެއެވެ. ނަމަވެސް މުއްސަނދި، ދިރިއުޅުމެއް ލިބިފައިވާ، އެހެން މީހުންނަށް އަބަދު ހިނިތުންވެފައި ހުންނަ މޫނެއް ދައްކައިގެން ދިރިއުޅެމުން އަންނަ އިންސާނަކީ، ދިރިއުޅުމުގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމުން މަހްރޫމްވެފައިވާ މީހަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ހަރު ބަހެއްގައި ވެއެވެ. ފޮތެއްގެ މޮޅުކަން ދެރަކަން ނުވަތަ އެފޮތުގައި އެކުލެވިފައިވާ މަޢުލޫމާތުގެ މުހިންމުކަމާއި، ބޭނުންތެރިކަން އެފޮތުގެ ބަނޑޭރި ގަނޑުގައި ލެވިފައިވާ ކަރުދާހަކުން ނޭނގޭނެއެވެ.

އެއްވެސް އިންސާނަކީ، ދުނިޔޭގައި ހުރިހާ ކަމެއް ފުރިހަމަވެފައިވާ މީހެއް ނޫނެވެ. ގިނަފަހަރަށް އަހަރަމެންނަށް ފެންނަނީ ނުވަތަ މީހުންގެ ދިރިއުޅުމުގައި ފުރިހަމަވެފައި ހުންނަ ކަންކަމެވެ. އެހެން މީހުންގެ ދިރިއުޅުމުގައި ހުރި އުނި ކަންކަމާއި، ހިތްދަތިކަމާއި، މާޔޫސްކަން ގިނަ ފަހަރަށް އަހަރަމެންނަށް އަންދާޒާ ނުކުރެވެއެވެ. ބޭރުފުށަށް ބޯހަމަނުޖެހޭ ގޮތަށް އަހަރަމެންނަށް ފެންނަމީހާއަކީ، އަހަރަމެން ހީވެސް ނުކުރާހާ މޮޅު، ބުއްދިވެރި މީހަކަށް ވުމަކީ އެކަށީގެންވާކަމެކެވެ. ބޭރުފުށުގެ ސިފަތަކަށް ބަލާއިރު، މުއްސަނދި، ހަރުދަނާ، މޮޅު މީހެއްގެ ގޮތުގައި ފެންނަ މީހާ އަކީ، ދެއްކުންތެރި، އެއްވެސް އަގެއް ނެތް ކެހިވެރިއަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އަހަރަމެންގެ ތެރެއިން ކޮންމެ އިންސާނަކީ، ދިރިއުޅުމުގައި ތަފާތު އުނިކަންތައް އެކުލެވިފައިވާ ބައެކެވެ. ކޮންމެވެސް މައްސަލައެއް، ކޮންމެވެސް ހިތްދަތިކަމެއް ތަޙައްމަލު ކުރަން ނުޖެހޭ އިންސާނެއް މަދުން ނޫނީ ނުހުންނާނެއެވެ. އުފަލާ ހިތާމަޔަކީ، ދިރިއުޅުމުގެ ބަޔެކެވެ. އަހަރަމެންނަށް ގިނަފަހަރަށް ފެންނަނީ މީހުންގެ ވަކި ޚާއްސަ ކަންތައްތަކާއި، ސިފަތައް ކަމަށްވުމާއެކު، އެމީހަކަށް ކުރިމަތިވެފައިވާ ހާލަތަކާއި، ދިރިއުޅުމުގައި ކުރިމަތިވެފައިވާ ކަންތައްތަކެއް އަހަރަމެންނަށް ނޭނގިދާނެއެވެ. އެހެންކަމުން ބޭރުފުށުން ފެންނަ ސިފަޔަކަށް ބަލައިގެން، އެހެންމީހުންގެ ކަންކަމަށް ގޮތް ނިންމައި ޖަޖްކޮށް، އެފަދަ މީހުންގެ ހާލަތަށް ރިއާޔަތްކޮށް ހަޖޫޖަހައި، މަލާމަތް ކުރުމަކީ މިއަދު އާންމުވެފައިވާ ކަމެކެވެ. އެއްވެސް އިންސާނަކީ ހުރިހާކަމެއް ފުރިހަމަ ވެފައިވާ މީހަކަށް ނުވުމުގެ އިތުރުން، އަހަރަމެންގެ ތެރެއިން ކޮންމެ މީހަކީ، ދިރިއުޅުމުގައި ތަފާތު ކަންކަމާއި ކުރިމަތިލައި ދިރިއުޅުމާއިގެން ތަފާތު ހަނގުރާމަ ކުރަމުން އަންނަ މީހެކެވެ. އެހެންކަމުން، އެހެން މީހުންގެ ހާލަތާއި ކަންކަން ޖަޖްކޮށް، ތަފާތު ވާހަކަ ދައްކައި، ހަޖޫޖަހައި، މަލާމާތްކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!