ޚަބަރު
ރައްކާތެރިކަމުގެ ފިޔުވަޅުތަކާއެކު އާއްމު ރޯގާތައް މަދުވެއްޖެ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއެކު އާއްމު ރޯގާތައް މަދުވެފައިވާ ކަމަށް އެޗްޕީއޭ ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ވިއްސާރަ މޫސުމުގައި މަދިރި އާލާވެ ޑެންގީހުމުގެ ކޭސްތަށް އިތުރުވާއިރު މިއަހަރުގެ މެއިމަހު ކަމުގައިވާ ޑެންގީ ހުމުގެ ކޭސްތަކުގެ އަދަދަކީ 12 ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާއިރު ޖޫން މަހު ރިޕޯޓް ކޮށްފައިވަނީ 7 ކޭސްއެވެ. މީގެއިތުރުން އަރިދަފުސް ރޯގާޖެހިގެން މިއަހަރުގެ މޭއިމަހު 12216 ކޭސްއް ރިޕޯޓުކޮށްފައިވާއިރު ޖޫން މަހުވަނީ 5168 އަށް މި ޢަދަދު ދަށްވެފައިކަމަށްވެސް އެޗްޕީއޭ ގެ ރިޕޯޓްތައް ބުނެއެވެ. މި އަދަދުތަކަކީ މިދިޔައަހަރުގައި ރިޕޯޓް ކޮށްފައިވާ އަދަދުތަކާއި އަޅާ ބަލާއިރު ވަރަށް ބޮޑަށް ދަށްވެފައިވާ އަދދަދުތަކެއް ކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް ބަލި ވަރަށް ހަލުވި ކަމާއެކު ރާއްޖޭގައި ފެތުރެމުން ދިޔުމާއެކު ވަނީ ގިނަ  ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އާއްމު ރޯގާތައް މަދުވެފައިވަނީ މި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ.

Comment