ޚަބަރު
ނަފްސާނީ ދުޅަހެޔޮކަމާއިބެހޭ ގޮތުން ޑރ.ނާޒްގެ މައުލޫމާތު ސެޝަނެއް ތިނަދޫގައި ބާއްވައިފި

“އަންހެނުންގެ ނަފްސާނީ ދުލަހެޔޮކަން” މިޝިޔާރުގެ ދަށުން ރާއްޖޭގެ މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒްގެ ހާއްސަ މައުލޫމާތު ސެޝަނެއް މިރޭ ގދ.ތިނަދޫގައި ބާއްވައިފިއެވެ.

މިއީ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔު.ޑީ.ސީ)އިން އިންތިޒާމްކޮށްގެން ބޭއްވުނު މައުލޫމާތު ބައްދަލުވުމެކެވެ.

މިރޭ 20:30 އިން 22:30 އަށް ތިނަދޫ ކެމްޕަހުގައި ބޭއްވުނު މިބައްދަލުވުމަކީ “އެކްޓިވިޒަމް އަގެއިންސްޓް ޖެންޑަރ ބޭސްޑް ވައިލެންސް” ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި 16 ދުވަހަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ދަށުން ބޭއްވުނު މައުލޫމާތު ސެޝަނެކެވެ.

މިބައްދަލުވުމުގައި އަންހެނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމާއި، ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ޑރ.ނާޒްވަނީ މިސެޝަންގެ ބައިވެރިންނަށް ކިޔައިދީފައެވެ.

މައުލޫމާތު ލިބުނުގޮތުގައި ޑރ.ނާޒް ތިނަދޫއަށް ކުރެއްވި ދަތުރުފުޅަކީ ތިނަދޫގައި ހުންނަ ސަދަން މެޑިކަލް ކްލިނިކް (އެސްއެމްސީ) އިން އިންތިޒާމްކޮށްގެން ބާއްވާ “މެންޓަލް ހެލްތު ޕްރޮގްރާމް 2021″ ގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ.

އެގޮތުން އެސް.އެމް.ސީ ކްލިނިކުން 25 ނޮވެމްބަރުން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށް ހިންގަން ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ސައިކޮލޮޖިކަލް ކޮންސަލްޓޭޝަން، ސަކޮލޮޖިކަލް ޕްރޮފައިލިންގ، ކައުންސެލިންގ، އަދި ސައިކޯތެރަޕީ ސެޝަންތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!