ރޯގާގެ އަލާމާތްތައް ހުރުމުން ގދ.ތިނަދޫ ފްލޫ ކްލިނިކަށް ދެއްކި ދެމީހަކު ކޮވިޑް-19 ފައްސިވެއްޖެއެވެ.
ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި އެދެމީހުންނަކީވެސް ރޯގާގެ އަލާމާތްތައް ހުރުމުން ފުލޫ ކްލިނިކަށް ދެއްކި ދެމީހުން ކަމަށާއި އެދެމީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.
މިދެމީހުން ހިމެނޭހެން މިހާރު ތިނަދޫގައި މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިވަނީ 21 އަށް އަރާފައެވެ.
މުޖުތަމައު ތެރެއިން މިބަލި އަނެއްކާވެސް ފެނުމާއި ގުޅިގެން ތިނަދޫ މިވަނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. އަދި މިވަގުތު ރަށް އޮތީ މޮނީޓަރިންގެ ހާލަތުގައި ނޫންކަމުން މިބަލި ފެތުރޭ މިންވަރު އިތުރުވެގެން ދާނެ ކަމަށް ހޮސްޕިޓަލުން ލަފާކުރެއެވެ.
އެހެންކަމުން ތިނަދޫގައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
ތީ އަލަން ވީ ކަމެކެ ނުން. އަހަނެ ކައުންސިލުން ބިޓުންނެ ބަލަންނަން މުބާރާތެ ބާއިގެން އެތެން ހޮސްޕިޓަލާ ކޮޓީމައި އެކަމުގެ ރޯޅި ދައްކަނެން.