ޚަބަރު
ކުރިޔަށް އޮތް 3 ދުވަހުގެ ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރު ނުވިނަމަ އަޑުބަރޭއަށް ފިޔަވަޅު އަޅަނީ

ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާއަށް ޖާމިނުވި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ފިވަޔަޅު އެޅުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ކްރިމަނަލް ކޯޓުގައި މިއަދު ބޭއްވުނު އަޑުއެހުމަށް އަލީ ވަހީދު ހާޒިރުވެފައިނުވާތީ ކޯޓުން ވަނީ އަލީ ވަހީދަށް ތިން ދުވަހުގެ މުއްދަތެއް ދީފައެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތް މިއަދު ބޭއްވުނު އިރު މި އަޑުއެހުމަކީ ސިއްރު އަޑުއެހުމެކެވެ. އެހެންކަމުން މިއަޑުއެހުމަށް ނޫސްވެރިން ވަންނަން ހުއްދަ ދީފައިނުވެއެވެ.

މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި އަލީ ވަހީދު ރާއްޖެ ގެންނަން ވަނީ ރެޑް ނޯޓިސް ނެރެފައެވެ. މީގެ ކުރިންވެސް އަލީ ވަހީދުގެ ޝަރީއަތްތައް ވަނީ އޮންލައިންކޮށް ބާއްވާފައެވެ. އެހެންނަމަވެސް މިދިޔަ މަހުގެ ތެރޭގައި ސްޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ  ދައުވާ ލިބޭ މީހަކު ރާއްޖެ އިން ބޭރުގައި ހުރެގެން، ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ނުގެންދިޔުމަށެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމުން ސްޕްރީމްކޯޓުން ވަނީ މިފަދަ ގޮތަކަށް އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ނުގެންދިޔުމަށް އަމުރުކޮށްފައެވެ.

މީގެ ކުރިންވެސް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވުމުންވެސް އަލީ ވަހީދު ކޯޓަށް ހާޒިރުވެފައި ނުވާތީ ކޯޓުގެ ހުރުމަތް ކަނޑާލީ ކަމަށް ބުނެ ސްޕްރީމް ކޯޓުން ވަނީ އަލީ ވަހީދު ދެމަހާއި 12 ދުވަހަށް ޖަލަށް ހުކުމެއް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!