ޚަބަރު
ދެއްވަދޫގައި ސެލްފް ސަރވިސް އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން އަތޮޅު ތެރޭގައި ކުރަމުންދާ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ގއ ދެއްވަދޫގައި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

އެގޮތުން މިއަދު ދެއްވަދޫގައި ހިދުމަތް ދޭން ފެށި އޭޓީއެމްއިން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ޓްރާންފާ ކުރުމުގެ ހިދުމަމް ލިބިގެންދާނެއެވެ.

ބީއެމްއެލް އިން ވިދާޅުވީ، ދެއްވަދޫގެ އިތުރުން އެއަތޮޅުގެ އަށް ރަށެއްގައި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމް ކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ކޮލަމާފުއްޓާއި ދާންދޫ އާއި މާމެންދޫ އަދި ނިލަންދޫގެ އިތުރުން ގެމަނަފުއްޓާއި ކޫއްޑޫ އަދި ވިލިނގިލި ހިމެނޭ ކަމަށެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާ ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދެއްވަދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށުމަކީ އުފަލެއް ކަމަށެވެ. އަދި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގެ ހިދުމަތް ހޯދަން އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު ބީއެމްއެލްއިން 20 އަތޮޅުގައި 35 ބްރާންޗް، 75 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 136 އޭޓީއެމް ހުންނަ އިރު 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!