ޚަބަރު
ވިލިނގިލި ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮންނަތާ 5 އަހަރުވެއްޖެ : ރައީސް ވިޝާލް

ގއ.ވިލިނގިލީ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮންނަތާ މިހާރު 5 އަހަރުވެފައިވާ ކަމަށް ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވެއްޖެއެވެ.

ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް ވިދާޅުވީ ސަރުކާރުން ވިލިނގިލީގެ ބަނދަރު ތަރައްޤީ ކުރަން ފެށި ނަމަވެސް ބަނދަރުގެ މަސައްކަތް ނުނިންމާ މެދުކަނޑާލާފައި އޮންނަތާ މިހާރު ފަސް އަަހަރު ވެއްޖެ ކަމަށާއި، ބަދަރުގެ މަސައްކަތް އެއްކޮށް ނުނިމި ހުރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ދޯނިފަހަރުތައް ދުއްވާ މީހުންނަށް އުދަގޫވާތީ އެކަމުގެ ޝަކުވާ ކެނޑިނޭޅި ކައުންސިލަށް ލިބެމުންދާ ކަމަށްވެސް ރައީސް ވިޝާލް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރައީސް ވިޝާލް ކަންބޮޑުވުން ފާޅުކުރައްވަމުން އިތުރަށް ވިދާޅުވީ ވިލިނގިލީ ބަނދަރު މަރާމާތްކުރުމުގެ ފޭސް 2ގެ މަސައްކަތުގެ ތެރޭގައި ހިމަނާލަން ބޭނުންވާ ކަންތައްތައް ކައުންސިލުން ވަނީ މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ގައި ތަކުރާރުކޮށް ދަންނަވާފައި ކަމަށެވެ.

އެގޮތުން މިމަސައްކަތުގެ ތެރޭގައި ފުރިހަކޮށްދެއްވުމަށް ވިލިނގިލީ ކައުންސިލުން މިނިސްޓްރީގައި އެދިލައްވާފައިވާ ކަންތައްތަކަކީ:

 • ބަދަރަށް ވަންނަ ނެރު ފިޔަކަށި އެއްވަރުކޮށް ނެރެވެން އޮތް އެންމެ ބޭރަކަށް ނެރެ ނެރުކަށީގައި ނެރުބައްތި ހަރުކުރުން
 • އެލް ބްލޮކް ބޭނުންކޮށްގެން ރަށުގެ ދެކުނު ހުޅަނގު ފަރާތުގެ ބޭރުގެ އެތެރެ ތޮށި ހެދުމާއި ނަގާލެވޭ ހިލަ ބޭރުތޮށި އުސްކުރުމަށް ބޭނުނ ކުރުން
 • ޓީ ޖެޓީ ސަރަހައްދު 30 ފޫޓަށް ހުޅަނގަށް ބޮޑުކުރުން
 • އުުތުރު ފަރާތު އެއްގަމުގައި ލެވިފައިވާ ރިވެޓްމެންޓް އެފަރާތުގެ ބޭރުތޮއްޓަށް ލައި “މެރިންކޮށި” މަގާ ހަމަޔަށް ނެރުން
 • އުތުރުފަރާތު ރިވެޓްމެންޓް ރޫޅާލާ ސަރަހައްދުގައި އެލްބްލޮކް ޖެހުން “މެރިންކޮށި” މަގާ ހަމަޔަށް
 • އުތުރު ފަރާތުގެ ރަތްވިލާ މަގާ ހަމަޔަށް ގެންދާ ސަރަހައްދުގެ ކޮޅަށް ރޭމްޕް ބަދަލުކުރުން ހިމެނެއެވެ.

ވިލިނގިލި ކައުންސިލުން ބުނާގޮތުގައި މަތީގައި ދެންނެވި ކަންތައް ހިމެނޭ ގޮތަށް ވިލިނގިލީގެ ބަނދަރު ތަރައްޤީކޮށް ނިންމާލައިފިނަމަ ކުރިޔަށް އޮތް 50 އަހަރުގައިވެސް އެބަނދަރުގައި ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ.

ބަނދަރުގެ މަސައްކަތް ނިންމައިދޭތޯ އެތައް ފަހަރެއްގެ މަތިން ސަރުކާރުގައި އެދިފައި ވާނެ ކަމަށާއި އެހެންނަމަވެސް މަސައްކަތް ފެށޭ ގޮތެއް އަދި  ނުވާކަމަށް ކައުންސިލްގެ ރައީސް ވަނީ މައުލޫމާތު ދީފައެވެ. އަދި މިހާރުވެސް ހުއްޓުމެއް ނެތި ބަނދަރުގެ ވާހަކަ ސަރުކާރަށް ދަންނަވަމުންދާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

 1. ޚަލީލު

  ވަތަން ބޮޑަށް ސުކުރިއްޔާ ރައިސް ދެއްކި ބަރާބަރު މާހަކައެ މިސަރުކާރު ތިބީޖީބަން ބަންއަޅާ ބޮނޑުވަގުން ތަކުން ކަމެންނުވާނެ