ކޮލަމް
ކޮންމެ ކަމެއްގެ ފަހަތުގައިވެސް ނޭނގޭ ސަބަބުތަކެއް ފޮރުވިފައިވޭ!

ކޮންމެ ކަމެއްގެ ފަހަތުގައިވެސް ނޭނގޭ ސަބަބުތަކެއް ފޮރުވިފައިވާނެއެވެ. މިފަދަ ގިނަ ކަންތައްތަކަކީ އިންސާނުންގެ ބަލިކަށި ސިކުނޑިތަކަށް ވިސްނައިގަނެވޭނެ ކަންތައްތަކެއް ނޫނެވެ.

އެކްސިޑެންޓަކުން ނުވަތަ ކުރިމަތިވާ ކަމަކުން ނުވަތަ އިއްތިފާގުން ކަންކަން ކުރިމަތިވާކަމަށް ޤަބޫލުކުރަނީ ކިތަށް މީހުން ބާއެވެ؟ އެކްސިޑެންޓަކުން އަދި އިއްތިފާގުން ކަންކަން ކުރިމަތި ނުވެއެވެ. ބައެއް ފަރާތްތަކަށް މިއީ އެއްބަސްވާން ތަންކޮޅެއް އުދަނގޫ ކަމަކަށްވުން އެކަށީގެންވެއެވެ. ނަމަވެސް މިގޮތަށް ޤަބޫލުކުރާ ފަރާތްތަކުގެ ދިރިއުޅުމުން ބޮޑު ތަފާތެއް ފެންނާނެއެވެ.

ރަނގަޅު ކަންތައްތަކާއި، ގޯސް ކަންތައްތައް އަހަރަމެންގެ ދިރިއުޅުމުގައި ގުޅި ލާމެހިފައި ވެއެވެ. ވަކިގޮތަކަށް ވިސްނުން ބައްޓަން ކޮށް، ކަންކަމާމެދު ގޯސްކޮށް ވިސްނައި، ނެގެޓިވިޓީ މުޅި މީހާ ވަށާލައި، ބައްދާލުމުން، ބޮޑު މަންޒަރު އަހަރަމެންނަށް ގިނަފަހަރު ނުފެނެއެވެ. ކިތަންމެ ގޯސްކޮށް ކަންކަން ދިމާވި ނަމަވެސް، ހެޔޮ ވިސްނުމަކުން ވިސްނައިފި ނަމަ، ކުރިމަތިވާ ކަންކަމުގައި އަބަދުވެސް ހައްލެއް ފެންނާނެއެވެ. އަބަދުވެސް ބޮޑު މަންޒަރެއް ވާކަން ޤަބޫލުކުރަން ޖެހެއެވެ. ގިނަފަހަރަށް އަހަރަމެންނަށް ކަންކަން ކުރަން އެނގި ދަސްވަނީ، ކަންކަމާއި ކުރިމަތިލައި، ދިރިއުޅުމުގައި ތަފާތު ކަންކަމަށް ފުރުޞަތު ދިނުމުންނެވެ.

ހަޤީޤީ ދިރިއުޅުމުގައި އިއްތިފާގުން ކަންކަން ނުވެއެވެ. ދިރިއުޅުމުގައި ދިމާވާ ވަކި ވަކި ކޮންމެ ކަމެއް ކުރިމަތިވަނީ އެއް ސަބަބު ނުވަތަ އެއަށްވުރެ ގިނަ ސަބަބާހުރެ، ތިބާ އެކަމަކަށް ބޭނުންވާތީ އެވެ. ހަޔާތުގައި އަހަރަމެންނަށް ނޭނގޭ ތަފާތު ކަންތައް ކުރިމަތިވެއެވެ. ނަމަވެސް ފަހުން އެކަން ކުރިމަތިވީ ކިއްވެކަމާއި ސަބަބު ވިސްނިގެން ދެއެވެ. ދިރިއުޅުމުގައި އެއްވެސް ކަމަކީ ދާއިމީ ކަމެއް ނޫނެވެ. ތަފާތު އެކި ބަދަލުތަށް އަންދާޒާ ނުކުރެވޭ ފަދަ ގޮތްގޮތަށް ދިރިއުޅުމަށް އައިސް ގޮސް ވެއެވެ.

މިފަދަ ކޮންމެ ކަމެއް އަހަރަމެން ދަސްކޮށްދެނީ ދިރިއުޅުމާއި ގުޅޭ ފިލާވަޅެކެވެ. ރަނގަޅު ނުވަތަ ނުރަނގަޅު ކަމެކެވެ. ކުރިންވެސް އަޑު އިވިފައިވާނެއެވެ. އެއްދޮރު ލެއްޕޭއިރު އަނެއް ދޮރު ހުޅުވޭނެއެވެ. ކޮންމެ ކަމެއްގެ ފަހަތުގައިވެސް ސަބަބުތަކެއް އެކުލެވިފައިވެއެވެ. މިސަބަބުތަކަކީ، އަހަރަމެން ހާސިލްކުރަން ބޭނުންވާ މަންޒިލަށް ގެންގޮސްދޭ ބާރެވެ.

ކޮންމެ ކަމަކީ ތަދުބީރުގެ ނިޔާއެވެ. އެއީ އަހަރަމެންގެ ލޮލަށް ފެންނަ އެއްޗެއް ނޫނެވެ. އަހަރަމެން އިންސާނުން އުފެއްދެވިގެން ވަނީ ވަކިފަރާތެއްގެ ބާރުންނެވެ. މިދުނިޔެމަތީގައި، އަހަރަމެން އުޅޭނެ ގޮތާއި ކުރާނޭ އަމަލުތަށް މާކުރިން ލިޔުއްވިފައި ވެއެވެ. ދިރިއުޅުމުގައި ކުރިމަތިވާ ތަފާތު ކަންތައްތަކުން އިބްރަތް ހާޞިލްކޮށް، އިތުރަށް ކަންކަން ރަނގަޅުކުރުމަށް އަހަރަމެންނަށް ފުރުޞަތު ލިބެއެވެ. ދިރިއުޅުން ބައްދަލުކުރަނީ އަހަރަމެންނާއެވެ. އަހަރަމެން ދިރިއުޅުމާއި ބައްދަލުކުރަނީއެއް ނޫނެވެ. އަހަރަމެން އިންސާނުންނަށް ކުރިމަތިވާ އެންމެ ހިތްދަތި ކަންކަމުންވެސް، އަހަރަމެން އިތުރަށް ވަރުގަދ ކޮށްދެއެވެ. އަހަރަމެންގެ ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމެއް އަހަރަމެން ތައްޔާރު ކުރަނީ ފަހުން ކުރިމަތި ވެދާނެ ކަމަކަށެވެ.

ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމަކީ މީހާ ކުރިޔަށް ދިޔުމަށް އެޅޭ ބާރެކެވެ. ކަންކަމަށް އަހަރަމެން އިޖާބަ ދޭ ގޮތާއި، ޖުމްލަ ގޮތެއްގައި ކުރިޔަށް ދިޔުމަށް ކުރެވޭ މަސައްކަތުން ތަފާތެއް ފެންނާނެއެވެ. މިހާރު ކުރިމަތިވާ ކަންކަމަކީ، މާޒީއާއި ގުޅިފައިވާ ތިބާ ކޮށްފައިވާ ކަންކަމުގެ ނަތީއްޖާ އެވެ. ދިރިއުޅުމުގައި ތިބާއަށް އާދެވިފައި ހުރީ، ތިބާ އަމިއްލަޔަށް ތިބާ ބަހައްޓަން ބޭނުންވާ ހިސާބަށެވެ.

ދިރިއުޅުމުގައި ދިމާވާ އެންމެ ހިތްދަތި ވޭނުގައިވެސް، އެކަންތައް ތިބާ ބަލިކަށިކޮށްލެވުނަ ނުދޭށެވެ. ދިރިއުޅުމުގެ އެންމެ ގޯސް، އެންމެ ދަށްވާ ވަގުތުގައިވެސް، އެދަށް ލެވެލް އިންވެސް މަތީ ލެވެލް އެއް ހާޞިލް ކުރެވޭތޯ ބަލާށެވެ. ކޮންމެ ކަމަކީ ވެސް ދިރިއުޅުމުގައި ކުރިމަތިވާ މަރުހަލާއެކެވެ. ކޮންމެ ކަމަކުންވެސް އިބުރަތް ހާޞިލްކޮށް، ކުރިއެރޭތޯ މަސައްކަތް ކުރާށެވެ،

އެއްވެސް އަޅަކަށް ނުއުފުއްލޭ ވަރުގެ ނުވަތަ ކުޅަދާނަ ވެގެން ނުވާ ވަރެއްގެ ކަމެއް ﷲ ތަޢާލާ ކުރިމަތި ނުކުރައްވަތެވެ. ދުނިޔެ ދަސްކޮށްދޭ ހަޤީޤަތަކީ، ކޮންމެ ކަޅު އަނދިރި ރޭގަނޑެއް ނިމި ދަނީ، މާއުފާވެރި، އަލިކަން ގެނުވަނިވި އަލި ފަތިހަކުންނެވެ. އަޑިގަނޑަށް ފަހު އުސްގަނޑެއް އަންނާނޭނޭ ބުނާފަދައިން، ހިތާމަޔަކަށްފަހު، އަބަދުވެސް އުފާވެރިކަން އަހަރަމެންގެ ހަޔާތަށް އާދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!