ޚަބަރު
”ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް” ގެ އޮންލައިން މީޑިއާ ޕާޓްނަރ އަކަށް ހުވަދޫ މީޑިއާ

އަންނަ މަހު 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ “ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް” ގެ އޮންލައިން މީޑިއާ ޕާޓްނަރ އަކަށް ހުވަދޫ ނިއުސް ހަމަޖައްސައިފިއެވެ.

މިއަދު ހުވަދޫ މީޑިއާ ގްރޫޕްގެ އޮފީހުގައި އޮންލައިން މީޑިއާ ޕާޓްނަރ އެއްބަސްވުމުގައި ހުވަދޫ މީޑިއާ ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެޑިޓަރ ނަސްރުﷲ އަފީފްއެވެ. އަދި މުބާރާތް އިންތިޒާމް ކުރާ ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިޔުނިޓީ އެމްޕަވަރމެންޓް (ފޭސް) ގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ނައިބް ރައީސް ސުރުހާން މުހައްމަދު އެވެ.

“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް” އަކީ ރަށު ކައުންސިލް ތަކަށާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން އަތޮޅު ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށާއި، ކުޅިވަރުގެ ޖޯޝާއި ފޯރިއާއި ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގްސަދުގައި ގދ.އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ.

އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް ޑިސެމްބަރ 30 ގައި

މުބާރާތުގައި އަންހެން ފިރިހެން ދެ ޑިވިޝަން އަށް ކުޅެވޭއިރު، ޗެމްޕިއަން ޓީމް އަށް 20،000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ރަނަރއަޕް އަށް 10،000 (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވިގެން ދާއިރު އަތޮޅުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާވެސް ހޮވިގެން ދާނެއެވެ.

މުބާރާތް އިންތިޒާމް ކުރާ ފޭސް ޖަމިއްޔާއިން މައުލޫމާތު ދެއްވާގޮތުގައި ރަށުން ބޭރުން މެޗު ކުޅުމަށް ފިޔޯރީ އަށް ދާ ޓީމު ތަކަށް އެދުވަހުގެ ހުރުމުގެ އިތުރުން ޓީމްތަކަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ޓީމް ތަކުގެ އޮފިޝަލުންގެ ޖާޒީ ފޭސް ޖަމިއްޔާއިން ހިލޭ ފޯރު ކޮށްދޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. މީގެ އިތުރުން ކުޑަ އަގެއްގައި ބޭނުން ޑިޒައިން އަކަށް ޓީމް ޖާރޒީ ތައްޔާރު ކުރުމުގެ އިތުރުން ޕްރިއޯޑަރަށް ސަޕޯޓަރުންގެ ޖާޒީ ފޯރުކޮށްދޭނެ ކަމަށްވެސް ފޭސް ޖަމިއްޔާއިން ބުނެއެވެ.

ފޭސް ޖަމިއްޔާއަކީ 2015 އަހަރުން ފެށިގެން ފިޔޯރީގައި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން ބީ.އެޗް.އެމްގެ އެހީގައި އެރަށު މިސްކިތް ބެލެހެއްޓުމާއި ތަދްރީސުލް ޤުރްއާންގެ ނަމުގައި ޤްރުއާން ކުލާހެއް ހިންގުމާއި، ރަށުގައި ޕާރކެއް ތަރައްޤީ ކުރުމުގެ އިތުރުން އެ ޖަމިއްޔާއިން ދަނީ ފޭސް އެކަޑަމީގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގަމުންނެވެ. އަދި އިޖްތިމާޢި ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފިތުރު ޢިދުގައި ޢީދު ސައި ނަމުގައި ސައެއް ފޭސް ޖަމިއްޔާއިން ބާއްވައެވެ.

  1. ޝަހުމަތު

    ރައްޔިތުންނަށްޓަކާވަމުންދާ ޤުރުބާނީތަކަށް ފަށްފަށުން ޝުކުރު ދަންނަވަން.