ޚަބަރު
އަންދާޒާކުރި އާމްދަނީއަށްވުރެ އިތުރަށް 147.1 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިއްޖެ

މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އާމްދަނީއަށްވުރެ އިތުރަށް 147.1 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިއްޖެއެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާ ކޮށްގެން އާމްދަނީގެ ގޮތުގައި 191 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 43.9 މިލިއަން ރުފިޔާ އެވެ.

2020 ވަނަ އަހަރުގެ އެ މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 126 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރުގެ މި މުއްދަތުގައި ނިމުނު އަހަރަށްވުރެ އިތުރަށް 64 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައިވަނީ ހޯދާފަ އެވެ.

2021 ވަނަ  އަހަރު ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާއިރު ހަމަ އެކަނި ޓްރެފިކް ވައިލޭޝަން ޖޫރިމަނާގެ ގޮތުގައިވެސް 5،199،006 ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ގާނޫނާއި ހިލާފުވެގެން 14 މިލިއަން އުފިޔާ، ގަވާއިދާ ހިލާފުވެގެން 10 މިލިއަން ރުފިޔާ، އެއްބަސްވުމާއި ހިލާފުވެގެން 1.9 މިލިއަން ރުފިޔާ، މުވައްޒަފުންގެ ގަޑީގެ ލާރިއާއި ޖޫރިމަނާގެ ގޮތުގައި 8.7 މިލިއަން ރުފިޔާ، ދަރަންޏާއި ގަޒިއްޔާ ޖޫރިމަނާގެ ގޮތުގައި 1 ލައްކަ ރުފިޔާ، އަދި އެހެނިހެން ޖޫރިމަނާގެ ގޮތުގައި 3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!