ޚަބަރު
ކަނޑުހުޅުދޫ އާއި ފަރެސްމާތޮޑާ އާންމު ހާލަތަށް ގެނެސްފި

ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މޮނީޓަރިން ހާލަތަށް ގެނެސްފައިވާ ގއ. ކަނޑުހުޅަދޫ އާއި ގދ.ފަރެސްމާތޮޑާގެ މޮނީޓަރިންގ ހާލަތު އުވާލައިފިއެވެ.

މިމަހުގެ 9 ވަނަ ދުވަހު މޮނިޓަރިންގ ހާލަތަށް ގެނެވުނު ކަނޑުހުޅުދޫގެ މޮނިޓަރިން އުވާލާފައިވަނީ މިއަދު ހެނދުނުއެވެ. އެރަށުން ނެގުނު ރެންޑަމް ސާމްޕަލެއް ފައްސިވެ، މޮނީޓަރިންގ ހާލަތަށް ލުމާއި ކަނޑުހުޅުދޫ ކައުންސިލުން ވަނީ ބަލިފެތުރުން ހުއްޓުވުމަށްޓަކާއި ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ޖުމްލަ 43 މީހަކު އެރަށުން ފައްސިވެފައިވާއިރު، މިހާރު ބަލިފެތުރުން ވަނީ ކޮންޓްރޯލް ކުރެވިފައިއެވެ.

މިމަހު 8 ވަނަ ދުވަހު ފަރެސްމާތޮޑާއިން މީހަކު ފައްސިވުމާއި އެކު ނެގުނު ސާމްޕަލް ތެކެއް ވަނީ ފައްސިވެފައެވެ. އަދި މި މަހު 14 ވަނަ ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ ފަރެސްމާތޮޑާ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ. އެއާއި އެކު، ފަރެސްމާތޮޑާ ކައުންސިލުން ވަނީ މީހުން އެއްވެ އުޅުން މަނާކޮށް، ޕާރކް ތަކާއި، ޓިއުޝަން ސެންޓަރތައް ބަންދު ކޮށް ރަށުތެރެއިން ބަލި ފެތުރުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ.

މިއަދު ހެނދުނު ފަރެސްމާތޮޑާގެ މޮނިޓަރިންގެ ހާލަތު އުވާލައި އާންމު ހާލަތަށް ގެނެސްފައިވާއިރު، އެރަށުން 46 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ.

Comment