ޚަބަރު
މަސްތުވާތަކެތިން ލިބޭ ފައިސާ ލޯންޑަރ ކުރަން ބޭނުން ކުރާ ވަސީލަތަކީ ދިވެހި ފުލުހުން: ޔައުޤޫބް

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ ލޯންޑަރިން ކުރަން ބޭނުންކުރާ ވަސީލަތަކީ ދިވެހި ފުލުހުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.

“ޗޭންޖް އެންޑީއޭ”ގެ ނަމުގައި މަޖިލީހަށް ހުށަހެޅި ޕެޓިޝަން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޔައުގޫބު ވިދާޅުވީ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހުން އެނގިތިބެ އެމީހުންގެ އެހީތެރިކަން ފުލުހުން ހޯދަމުން ގެންދާ ކަމަށާއި ދިވެހި ފުލުހުންނަކީ މަސްތުވާ ތަކެތިން ލިބޭ ފައިސާ ދޮންނަން ތިބޭ ބައެއް ކަމަށެވެ.

“ނަތީޖާއަކަށް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާ ދޮންނަން، މަނީ ލޯންޑާ ކުރަން ބޭނުންކުރާ ވަސީލަތަކީ މޯލްޑިވްސް ޕޮލިސް ސާވިސް [އަށް ވުން]،” ޔައުގޫބް ވިދާޅުވި އެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ހިދުމަތް، ފުލުހުންގެ އިދާރާއަށް ހޯދަމުން ގެންދާ ކަމަށާއި އެފަދަ ބައެއް ކަންތައްތައް އެނގިގެން، ފުލުހުންނަށް ރިޕޯޓްކުރައްވާފައި ވާނެ ކަމަށް ޔައުޤޫބް ވިދާޅުވިއެވެ.

މީގެ އެތަކެއް އަހަރުތަކެއް ކުރިން ފެށިގެން މަސްތުވާ ތަކެތީގެ ވިޔަފާރީގައި ފުލުހުންގެ އެހީތެރިން ލިބެމުން ގެންދާ ކަމަށް ޔައުޤޫބް ވަނީ ތުހުމަތުކޮށްފައެވެ. އަދި އެއްފަޅިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހައްޔަރުކުރެވި، އަނެއް ފަޅިން އެމީހުން އެކުރާ މަސައްކަތަށް ބާރުދެވޭ ޒާތުގެ ކަންކަން ފުލުހުން ކުރަމުން ގެންދާތީ އެދެވޭ ބަދަލެއް މިކަމުގައި ފެނިގެން ނުދާނެ ކަމަށް ޔައުޤޫބް ވަނީ ވިދާޅުވެފައެވެ.

ޑްރަގް ބޭނުންކުރުން ހުއްޓުވައި، އެ ވަބާގައި ޖެހުނު މީހުން އަނބުރާ މުޖުތަމައަށް ނެރުމުގެ ޒިންމާ އޮންނަ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މައްސަލަތައް ބެލުމަށް ފަހު މަޖިލީހަށް މިއަދު ހުށަހެޅި ރިޕޯޓްގައި ލަފާ ދީފައި އޮތީ އެތަނުގެ ޕާފޯމެންސް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށެވެ. އެންޑީއޭގައި ހުރި ގިނަ މައްސަލަތަކެއް އެ ރިޕޯޓްގައި ފާހަގަކޮށްފައި އެބަހުއްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!