ގދ. ތިނަދޫ ގައި ހުންނަ ތިނަދޫ ސްކޫލްގެ މީޑިއާ އެންޑް ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރުން މައިދާނީ ތަޖުރިބާ ހޯދުމަށް ހުވަދޫ މީޑިއާގެ ނިއުސް ރޫމަށް މިއަދު ޒިޔާރަތްކޮށްފިއެެވެ.
އެސްކޫލްގެ އެ ކްލަބްގެ ދަރިވަރުން ހުވަދޫ މީޑިއާގެ ނިއުސް ރޫމަށް ޒިޔާރަތްކޮށްފައިވަނީ، ނޫސްވެރިކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމުގެ ބޭނުމުގައެވެ. އަދި އޮންލައިން މީޑިއާތައް ހިންގާ ގޮޮތުގެ މައުލޫމާތާއި، އޮންލައިން މީޑިއާ ތަކުގެ މަސައްކަތް ކުރިއަށް ދާގޮތް ބެލުމަށެވެ.
އެގޮތުން މިއަދު އެސްކޫލްގެ 30 ދަރިވަރުން ހުވަދޫ މީޑިއާގެ ނިއުސް ރޫމަށް ޒިޔާރަތް ކުރުމުން ހުވަދޫ ނިއުސް ޓީމުން ދަރިވަރުންނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އޭގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި ހުރި ކުރިއެރުންތަކާއި ހަބަރުތައް މީޑިއާތަކުގައި ގެންނާނެ ގޮތުގެ އިތުރުން ނޫސްވެރިކަމާ ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ. އަދި ނޫސްވެރިކަމުގެ ގާނޫނާއި ބެހޭގޮތުންވެސް ވަނީ މައުލޫމާތު ދެއްވާފައެވެ.
ތިނަދޫ ސްކޫލްގެ ދަރިވަރުން މައިދާނީ ތަޖުރިބާ ހޯދުމަށް ހުވަދޫ ނިއުސްރޫމް އަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން- ހުވަދޫ ފޮޓޯ
އޭގެ އިތުރުން ތިނަދޫ ސްކޫލްގެ ދަރިވަރުން ނޫސްވެރިކަމާ ބެހޭ ގޮތުން ކުރެއްވި ބައެއް ސުވާލުތަކަށްވެސް ވަނީ ޖަވާބުދީ އެކަމާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ.
ދެ ޝެޝަނަކަށް ބަހާލައިގެން ތިނަދޫ ސްކޫލް ދަރިވަރުންނަށް ހުވަދޫ މީޑިއާ ޓީމުންވަނީ ދަރިވަރުންނަށް ހަބަރެއް ހެދުމަށް ބޭނުންވާނެ މައުލޫމާތުތައް ހޯދާނެ ގޮތާއި ހަބަރުގެ ބާވަތްތައްވެސް ކިޔައިދީފައެެވެ. މީގެ އިތުރުން ހުވަދޫ މިޑިއާގެ ފަރާތުން ވަނީ ތިނަދޫ ސްކޫލްގެ މީޑިއާ އެންޑް ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރުންނަށް ސްކޫލްގެ ޚަބަރާއި މައުލޫމާތު ހުވަދޫ ނިއުސްއާއި ހިއްސާކޮށް، ހުވަދޫ ނިއުސް ގެ ވެބްސައިޓުގައި މީޑިއާކްލަބްގެ ޚަބަރުތައް ޕަބްލިޝް ކުރުމުގެ ފުރުސަތު ދީފައެވެ.
ތިނަދޫ ސްކޫލަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީސްޓޭޖް 2 އަކާއި ހަމަޔަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.
Aharen thitha huri
ޝުކިރިއްޔާ ހުވަދޫ ނިއުސްގެ ހުރިހާ މިއައްޒަފުން. މި މައިދާނީ ދަތުރުން ދަރިވަރުންނަށް ވަރަށް ގިނަ މަޢުލޫމާތު ލިބުނު.