ކޮލަމް
ދުނިޔޭގެ އެންމެ އުފާވެރި ކުޑަކުދިން ދިރިއުޅޭ ޤައުމު –  މައިންބަފައިން ތަފާތުކޮށް ކުރަނީ ކޮންކަމެއް؟

ކޮންމެ މަޔަކު އަދި ބަފަޔަކުވެސް ބޭނުންވަނީ އެމީހުންގެ ދަރިންނަށް އުފާވެރި ފާގަތި ދިރިއުޅުމެކެވެ. މިއީ އެއްވެސް މީހަކު ދެބަސްވާނޭ ވާހަކައެއް ނޫނެވެ. ޔުނިސެފުން އާންމުކޮށްފައިވާ ރިޕޯޓެއް ހާމަކުރާ ގޮތުން ދުނިޔޭގެ އެންމެ އުފާވެރި ކުޑަކުދިން ދިރިއުޅެނީ ނެދަރލޭންޑްސް ގައެވެ. ނެދަރލޭންޑްސްގެ ކުޑަކުދިން ދުނިޔޭގެ އެންމެ އުފާވެރި ކުޑަކުދިންނަށް ހެދުމަށް، މައިންބަފައިން ތަފާތުކޮށް ކުރަނީ ކޮން ކަމެއްތޯ ބެލުމަށް ގިނައަދަދެއްގެ މައިންބަފައިން ޝައުޤުވެރި ވާނޭ  ކަމެކެވެ..

ޔުނިސެފުން ނެރެފައިވާ މިރިޕޯޓަކީ، ދުނިޔޭގެ މުއްސަނދި 29 ޤައުމުގެ ތަފާތު އެކި ދާއިރާގެ ހާލަތު ބަލައި ތައްޔާރުކުރެވުނު ރިޕޯޓެކެވެ. މިރިޕޯޓް ތައްޔާރުކުރުމަށް ބެލެވުނު 5 ދާއިރާގެ ތެރޭގައި، ދުޅަހެޔުކަން، ސިއްޙަތު އަދި ރައްކާތެރިކަން، ތަޢުލީމް، އަޚްލާޤް އަދި ބިރުވެރިކަން، ބޯހިޔާވަހިކަން އަދި ތިމާވެށި ހިމެނެއެވެ.

ރިޕޯޓް ބުނާގޮތުން، މި 29 ޤައުމުގެ ތެރެއިން އަޚްލާޤް އަދި ބިރުވެރިކަން އަދި ތަޢުލީމީ ގެބައިން އެންމެ މަތީ ސްކޯއެއް ހޯދާފައި ވަނީ ނެދަލޭންޑްސް އަށެވެ. މިދާއިރާތަކުން އެމެރިކާއަށްވެސް ލިބިފައިވަނީ ގްރީސްއަށް ވުރެވެސް ދަށް ސްކޯއެކެވެ. ނަމަވެސް މިއީ ލިތުއޭނިއާއަށް ވުރެ މަތީ ސްކޯއެކެވެ. މިރިޕޯޓް ބުނާގޮތުން ނެދަލޭންޑްސްގެ %95 އިންސައްތަ ކުޑަކުދިންނަކީ މަތީ ދަރަޖައެއްގެ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިފައިވާ ކުޑަކުދިންތަކެކެވެ.

ތަޖުރިބާ ކާރެއް ކަމުގައިވާ، އަނީތާ ކްލެއަރ ލިޔެފައިވާ “ދަ ވޯކިންގ ޕޭރެންޓްސް ސާރވައިވަލް ގައިޑް” މިމައުޟޫއަށް ވާހަކަ ދައްކާފައިވެއެވެ. އޭނާ ފާހަގަކޮށްފައިވާ ގޮތުގައި، ނެދަރލޭންޑްސްގެ ކުޑަކުދިންނަށް މިފަދަ އުފާވެރިކަމާއި ހިންހަމަޖެހުން ލިބުމުގައި ތަފާތު އިޖުތިމާއީ ސަބަބުތައް މުހިންމު ރޯލެއް އަދާކުރެއެވެ.

މި ލިޔުންތެރިޔާ ފާހަގަކޮށްފައިވާ ގޮތުގައި، އަމިއްލަ ދަރިންނާއި ހުރެ މައިންބަފައިން ލަނދުގަންނަ އެއްވެސް ހާލަތެއް ނެދަރލޭންޑްސްގެ މައިންބަފައިން ކިބައިން ނުފެނެއެވެ. މިއީ ދަރިންނަށް ވަރަށްބޮޑު ނުތަނަވަސްކަމެއް ގެނުވާ ކަމެކެވެ. އިތުރު ސަބަބެއްގެ ގޮތުގައި ފާހަގަވާ އެއްސަބަބެއް ކަމުގައި ކިޔަވައިދިނުމުގެ ނިޒާމުގައި ވާދަކުރުން ނުގެންގުޅުން ފާހަގަކުރެވެއެވެ. އެފަދަ ތައުލީމީ ނިޒާމެއްގައި، ކޮންމެ ކުއްޖެއްގެ ޤާބިލިއްޔަތުކަން ހުރި މިންވަރަކުން، ޤާބިލިއްޔަތުކަން ހުރި ދާއިރާތަކަކުން ކުރިޔަށް ދިޔުމަށް ބާރުއަޅައި ހިތްވަރުދީ، ފުޅާ ދާއިރާއެއްގައި، ހަރުދަނާ ވެލިއު ސިސްޓަމެއްގެ ތެރެއިން ކުދިން ތަރުބިއްޔަތު ކުރެއެވެ. މިފަދަ ސަޤާފަތެއްގެ ތެރެއިން ކުދިން ބޮޑުވެގެން އަންނައިރު، ކޮންމެ ކުއްޖެއްގެ ކިބައިގައިވާ ޚާއްސަ ޤާބިލިއްޔަތުތަކަށް ފުރުޞަތު ހޯދައިދިނުމުގެ ސަބަބުން، އެކުދިން ބޭނުންވާ ރޮގަކުން ކުރިޔަށް ދިޔުމަށް ފުރުޞަތު ލިބިގެން ދެއެވެ. މިފަދަ ސިސްޓަމެއްގައި ކުދިން ޖަޖު ނުކުރެއެވެ. ރަޙްމަތްތެރިންގެ ސަބަބުން އިތުރު ރަނގަޅު ކަންތައްތަކެއް ދިރިއުޅުމަށް ގެނެސްދެއެވެ.

ރިޕޯޓް ބުނާގޮތުން %81 އިންސަތަ ޒުވާނުންނަށް ރަޙްމަތްތެރިން ހޯދުމުގައި އެއްވެސް ދަތި އުދަނގުލެއް ނެތި ފަސޭހަވެފައި، އަދި އެ ޒުވާނުންނަކީ ކިޔަވާ ސްކޫލްތަކަށް ނިސްބަތްވާ ކަމަށް ޤަބޫލުކުރާ ކުދިންނެވެ. އެކަކު އަނެކަކާއި ވާދަކޮށް، ގްރޭޑް ހޯދުމަށް ވާދަ ކުރުމުގެ ބަދަލުގައި، ކިޔެވުމަށް ފޯކަސް ގެންގުޅެއެވެ. ކުދިން ކިޔެވުމަށް ބޮޑަށް ޝައުޤުވެރިކަން ދިނުމުގެ އިތުރުން، ކިޔަވައިދޭ ފަރާތްތަށް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ތަފާތު ގޮތްތަށް އިޚްތިޔާރު ކުރެއެވެ.

ލިޔުންތެރިޔާ ފާހަގަކޮށްފައިވާ ގޮތުގައި، އިމްތިހާން ދިނުމުގެ އުސޫލުތައް ދޫކޮށް، ކުދިން ކިޔެވުމަށް ޝައުޤުވެރިވާނެ ގޮތް ހޯދައި، ދުނިޔެއަށް ލޯހުޅުވުމަށް އަމާޒު ހިފަން ޖެހެއެވެ.

ސްކިލް ޑިވޮލޮޕްމަންޓް އޯގަނައިޒޭޝަނެއްގައި މަސައްކަތްކުރާ އިތުރު ފަރާތެއް ކަމުގައިވާ އަމަންޑާ ގަމަރ ބުނާގޮތުން، ކޮމިއުނިޓީ ގުޅުން ހަރުދަނާ، ހިލޭ ސާބަހަށް މަސައްކަތް ކުރާ ގިނަބަޔަކު ގުޅިގެން މަސައްކަތްކުރާ މުޖުތަމަޢުއެއްގައި ދިރިއުޅުމުގެ ފުރުޞަތު ލިބުމަކީ، އުފާވެރި ދިރިއުޅުމަކަށް ފުރުޞަތު ލިބި، އެއްބައިވަންތަ ގުޅުން ބަދަހިކޮށްދޭ، ސިކުނޑީގެ ދުޅަހެޔޮ ކަން އިތުރުކޮށްދީ، އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!