ކޮލަމް
ކުރިޔަށް ދިޔުމަށް ކަނޑައަޅާފައިވާ ދާއިރާ އާއި ގުޅޭ ކަންކަމަށް ކިހާ ވަގުތެއް ހޭދަކުރެވޭތަ؟

މުސްތަޤުބަލުގައި ކުރިޔަށް ދިޔުމަށް ކަނޑައަޅާފައިވާ ދާއިރާ އާއި ގުޅޭ މަސައްކަތްތަކަށް ކިހާ ވަގުތެއް ހޭދަކުރެވޭހެއްޔެވެ؟ މިއީ އަމިއްލަ ނަފްސާއި ކޮށްލުން ރަނގަޅު ސުވާލެކެވެ.

ކޮންމެ މީހަކުމެ ދިރިއުޅުމުގައި ބިޒީ މީހަކަށް ވެފައިވާ ވާހަކަ، މިއީ ވަރަށް އާންމުކޮށް އަޑު އިވޭ ވާހަކައެކެވެ. ނަމަވެސް ހުއްޓާނުލާ މަސައްކަތް ކުރިނަމަވެސް، އަދި ކިތަންމެ ތަފާތު ގިނަ މަސައްކަތް ކުރަން އެނގޭ މީހަކު ކަމުގައި ވީނަމަވެސް، އަބަދުވެސް ކުރަންޖެހޭ މަސައްކަތްތަކުގެ ލިސްޓުގައި، ކޮންމެވެސް މުހިންމު ކަމެއް އަބަދުވެސް ނުކުރެވި ދޫކުރެވިފައި ވާނެއެވެ.

ތަފާތު މަސައްކަތްތަކުގައި ގިނަވަގުތު ބިޒީވެ އުޅުމަކީ، ކުރާ ހުރިހާ މަސައްކަތެއް އުފެއްދުންތެރި، ބިނާކުރަނިވި މަސައްކަތައް ވާހަކަމެއް ނޫނެވެ. ޓްރޭޑް މިލް އަކަށް އަރައި ދުވުމާއި، ވަކި ޚާއްސަ މަންޒިލަކަށް ދިޔުމަށް ދުވުން މިއީ ތަފާތު ދެކަމެކެވެ. ނަމަވެސް މި ދެ ހަރަކާތަށް ދުވުން ކީ ކަމުގައި ވީނަމަވެސް، އަސްލު ދުވުމަކީ ވަކި ޚާއްސަ ތަނެއްގައި ވަކި މިސްރާބަކަށް ދިޔުމަށް ދުވުމެވެ.

ކުރާ މަސައްކަތެއްގެ ފެންވަރު ރަނގަޅުކޮށް، އުފެއްދުންތެރިކަން އިތުރު ކުރުމަށް، ފުރަތަމަ ސުވާލެއްގެ ގޮތުގައި ތިބާ ބޭނުން ވަނީ ކާކަށް ވާންތޯ؟ ދެވަނަ ސުވާލެއްގެ ގޮތުގައި ދާން އުޅޭ މިސްރާބަކީ ކޮބައިތޯ؟ މިއީ ކޮންމެހެން އެނގެން ބޭނުންވާ ސުވާލުތަކެވެ.  މި ސުވާލުތަކުގެ ޖަވާބުން ކުރަން އުޅޭ ކަމަކާއި ދާންއުޅޭ މިސްރާބުގެ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބި އަލިމަގެއް ފެނިގެން ދާނެއެވެ. މިގޮތުން، ކުރަން އުޅޭ  ކަމެއް ފާހަގަކޮށް، އެކަން ކާމިޔާބު ކުރުމަށް ދާންވީ މިސްރާބު ކަނޑައަޅައި، އެ އަމާޒަށް ވާސިލްވުމަށް ލަނޑުދަނޑި ކަނޑައަޅައި، ލަނޑުދަނޑި ހާޞިލްކުރުމަށް މަސައްކަތް ނުކޮށް، ކިތަންމެ ވަގުތެއް އެކަމުގެ ތެރޭގައި ހޭދަކުރި ނަމަވެސް ކާމިޔާބީގެ އައްސޭރިއަށް ނުވަތަ ލަނޑުދަނޑި ހާސިލް ނުކުރުވޭނެއެވެ.

ލިޔުންތެރިޔަކަށް ބޭނުންވާ މީހާ، ވީހާވެސް ގިނަ ވަގުތެއް ލިޔުމަށް ހޭދަކުރަންޖެހެއެވެ. ސޭލްސް މެނޭޖަރަކަށް ވާން ބޭނުންވާ މީހާ ހަމައެކަނި ތަކެތި ވިއްކުމަކުން ނުފުދެއެވެ. ސޭލްސް މޭނޭޖަރަކަށްވުމަށް މެނޭޖްމަންޓްގެ ހުނަރު އިތުރުކުރުމަށް މަސައްކަތްކުރަންޖެހެއެވެ. އަމިއްލަ ކުންފުންޏެއް ހުޅުވުމަށް، ނުވަތަ އާ އުފެއްދުމަށް ތަޢާރަފްކުރުމަށް، ނުވަތަ އާ ގްރޫޕެއް ގޮވައިގެން މަސައްކަތް ކުރުމަށް، ވަގުތު ހޯދައިގެން، ޕްލޭންކޮށް، ބޭނުންވާ ހުނަރު އަދި ތަޖުރިބާ ހޯދުމަށް މަސައްކަތްކުރަންޖެހެއެވެ.

ކިތަންމެ މުހިންމު ކަންކަން މިއަދު ކުރަން ހުރިކަމުގައި ވިޔަސް، މުސްތަޤްބަލްގައި ހާސިލްކުރަން ބޭނުންވާ ކަމަކަށް ވަގުތު ހޯދައި ވަގުތު ހުސްކުރުން މުހިންމެވެ. މިއީ ފަހަރެއްގައި ވަގުތުން އޭގެ ނަތީއްޖާ ނުލިބޭ ކަމަކަށް ވިޔަސްމެއެވެ. މިއީ ގިނަފަހަރަށް ކުރުން އެންމެ އުދަގޫ ކަންވެސް މެއެވެ. އެގޮތުން، މުސްތަޤުބަލުގައި އަމާޒު ހިފާފައިވާ ކަމަކަށް މަގުފަހިވާނޭ، ހުރިހާކަމެއް ކުރުމަށް ވަގުތު ހޯދަން ޖެހެއެވެ. އެކަމަކީ، އަމިއްލަ ވިސްނުމަކުން ބަލާއިރު، ބޭކާރު ކަމެއްގެ ގޮތުގައި ވިސްނުނު ކަމުގައި ވިޔަސް މެއެވެ.

މިސާލެއްގެ ގޮތުން، މީހަކު އޭނާގެ ލިޔުންތެރިކަމުގެ ހުނަރު އިތުރު ކުރުމަށް ފަތިހު 5:30 ގައި ހޭލައި ވާހަކަ ލިޔުމުގެ މަސައްކަތް ކުރުމަށް ގަސްތު ކުރިއެވެ. ކަންދިމާކުރާ ގޮތުން އެމީހާ އަކީ މާމޮޅަށް ލިޔުމެއް ނުލިޔެވޭ މީހަކަށްވެސް ވެދާނެއެވެ. އެމީހާއަކީ، ފޮތް ލިޔެ ވިއްކާ މީހަކަށް ނުވެ، އެލިޔުމުގެ ބޭނުން އެއްވެސް ގޮތަކަށް ނުކުރާ، އެއްވެސް ފަރާތަކާއި އެލިޔުންތައް ހިއްސާކުރުމަށް ބޭނުން ނުވާ، އަދި އަމިއްލަޔަށް އެލިޔާ ލިޔުމެއް އަޑުހަރުކޮށް ކިޔަން ބޭނުންވާ މީހަކަށްވެސް ނުވެ ވެދާނެއެވެ. އެހެންކަމުން، ފަތިހު ހޭލައިގެން އެގަޑި ލިޔުމަށް ހޭދަކުރުމަކީ އެއިން އެއްވެސް މަންފާއެއް ނުކުރާނެ، ބޭކާރު ކަމެއްގެ ގޮތުގައިވެސް ޤަބޫލުކުރެވިދާނެއެވެ. އަދި އެމީހާ ވަގުތުން ނިންމަންޖެހިފައި ހުރި އެތަށް މަސައްކަތްތަކެއް ހުންނައިރު، ފަތިހުގެ އަރާމު ނިދި ނަގާލައި، ލިޔުމަށް ހޭދަކުރުމަކީ މިވަގުތުކުރަންޖެހިފައި ހުރި މަސައްކަތްތަކާއި ހުރި ގޮންޖެހުންތަކަށް ބަލާއިރު ގުޅުމެއް ނެތް މަސައްކަތެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮވެދާނެއެވެ.

ޤަބޫލުކުރެވޭ ގޮތުގައި މިއީ ގިނަ އަދަދަކަށް މީހުންނަށް ވިސްނޭނެގޮތްވެސް މެއެވެ. މިހުރިހާކަމެއް މިހެން ހުރިކަމުގައި ވީނަމަވެސް، ލިޔުންތެރިޔަކަށް ވާން ބޭނުންވާ މީހާ، މިވަގުތަށް ނިންމަންޖެހޭ ކިތަންމެ ކަމެއް ހުރި ނަމަވެސް، ދުރު މުސްތަޤްބަލަށް، އެމީހާ ހާޞިލްކުރަން ބޭނުންވާ އަމާޒަށް ވާސިލުވުމަށް ލިޔުންތެރިޔަކަށް ވުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން މުހިންމުކަމެކެވެ.

މިހާރުން މިހާރަށް ނިންމަންޖެހޭ މަސައްކަތްތައް ދެން ނިންމާނީ ކިހިނެއް ހެއްޔެވެ؟ މިއީ ގިނަބަޔަކު އުފައްދާ ސުވާލެކެވެ. ވަޒީފާގެ ގޮތުން ނިންމަންޖެހޭ މަސައްކަތްތަކާއި، ދިރިއުޅުމުގައި އުފުލަންޖެހިފައިވާ ޒިންމާތަކާއި، އަމިއްލަ ނަފުސަށް އަރާމުކުރުމުގެ ވަގުތު ފަދަ ކަންކަމަށް ވަގުތު ހޭދަކުރަން މުހިންމު ނުވޭ ހެއްޔެވެ؟ ނޫނެކެވެ. މިއީ އަހަރަމެންގެ ބިޒީ ނަފުސު އަހަރެމެންނާއި ކުރިމަތިކުރުވާ ސުވާލުތަކެވެ. މިފަދަ ސުވާލުތައް ކުރިމަތި ކުރުވަނީ، އަހަރަމެން ކުރުމަށް ބިރުގަންނަ، ނުވަތަ ޖެހިލުންވާ ކަންކަން ކުރުމަށް މަސައްކަތް ކުރުމުން، ނަފުސު ބޭނުން ނުވާތީ، އެކަމުން އެމީހަކު ދުރުކުރުމުގެ އަޒުމުގައެވެ. ނަމަވެސް އެމީހެއްގެ އުފެއްދުންތެރިކަމާއި، އެމީހާ ހާޞިލްކުރުމަށް ބޭނުންވާ ލަނޑުދަނޑި ހާޞިލްކުރުމަށް ވަގުތުން ވަގުތަށް ކުރަން ޖެހިފައިވާ މުހިންމު ކަންކަންވެސް މަޑުޖައްސާލަން ޖެހެއެވެ. މާޒީގައި ހާޞިލްކުރަން ބޭނުންވާ ލަނޑުދަނޑި ނުވަތަ ބޭނުންވާ އަމާޒަށް ވާސިލް ވެވޭނީ އެއިރުންނެވެ. ވަގުތުން ވަގުތަށް ކުރަންޖެހޭ މަސައްކަތް ނިމޭނެ އިރެއް ނާންނާނެއެވެ. އަބަދުވެސް ކުރަންޖެހޭ އާކަންތައް ނުވަތަ ނިންމަންޖެހޭ އާ މަސައްކަތް އަބަދުވެސް އިތުރުވެގެންދެއެވެ.

ކުރަންޖެހޭ ކަންކަމާއި، ނިންމަންޖެހޭ މަސައްކަތް ނިމި، ޖަވާބު ދޭންޖެހޭ އީމެއިލްތަށް ހުސްވާ ދުވަހެއް ނާންނާނެއެވެ. ކުރަންޖެހޭ ހުރިހާ މަސައްކަތަށް ފުރިހަމަޔަށް ވަގުތުދީ ނިންމޭނެ ދުވަހެއް ނާންނާނެއެވެ. ހަމަ މި ބީދައިން، އެންމެން ހިތްހަމަ ޖެހޭގޮތަށް ނުވަތަ ރުހުން ލިބޭ ގޮތަށް އެއްވެސް ކަމެއް ކުރުމަކީ ވާނޭ ކަމެއް ނޫނެވެ.

ކިތަންމެ މުހިންމު ކަންކަން މިއަދު ކުރަން ހުރިކަމުގައި ވިޔަސް، މުސްތަޤްބަލްގައި ހާސިލްކުރަން ބޭނުންވާ ކަމަކަށް ވަގުތު ހޯދައި ވަގުތު ހުސްކުރުން މުހިންމެވެ. މިއީ ފަހަރެއްގައި ވަގުތުން އޭގެ ނަތީއްޖާ ނުލިބޭ ނުވަތަ ނުފެންނަ ކަމަކަށް ވެދާނެއެވެ. އެގޮތުން، މުސްތަޤުބަލުގައި އަމާޒު ހިފާފައިވާ ކަމަކަށް މަގުފަހިވާނޭހެން، އެކަމެއް ކުރުމަށް ވަގުތު ހޯދަން ޖެހެއެވެ. ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަށް، އިޚްތިޔާރުކުރާ ދާއިރާއިން ދުރާލާ، ރޭވިގެން ތަފާތު ގިނަ މަސައްކަތްކުރަން ޖެހެއެވެ. މުސްތަޤްބަލުގައި ހާޞިލްކުރަން ބޭނުންވާ ލަނޑުދަނޑި ހާޞިލްކުރުމަށް، ދިރިއުޅުމުގެ ބިޒީ ޝެޑިއުލް އިން ވަގުތު ހޯދައި، ކުރިޔަށް ދިޔުމަށް ބޭނުންވާ ދާއިރާއަކާއި ގުޅުންހުރި މަސައްކަތްތަކައް ވަގުތު ހޯދުން މުހިންމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!