ރިޕޯޓް
ބައިނަލް އަޤުވާމީ އެއިޑްސް ދުވަސް

އެއިޑްސް ބައްޔަކީ އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ އެހެންނަމަވެސް އެބަލި ކޮންޓްރޯލް ކުރުމަށްޓަކައި ނުހަނު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބައްޔެކެވެ. ދުނިޔޭގެ ފެންވަރުގައި އެޗްއައިވީއާ ދެކޮޅަށް ކުރެވޭ މަސައްކަތް މިހާ ކާމިޔާބުވެފައިވަނީ އަމިއްލަ ޖަމިއްޔާތަކާއި ފަރުދުންގެ އިތުރުން ގައުމީ ފެންވަރުގައި އާއި ބައިނަލް އަގުވާމީ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތްތަކުން ކަމަށް ޑަބްލިޔުއެޗްއޯއިން ފާހަގަކުރެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި އެމީހުންގެ އަމާޒަކީ 2030 އާ ހަމަޔަށް އެޗްއައިވީ ފެތުރުން ހުއްޓުވުމެވެ. އެހެންކަމުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެހިސާބަށް މިބަލި ކޮންޓްރޯލް ކުރެވިގެންދާނެއެވެ. ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު 2020 ނިމިގެން ދިޔައިރު 37.7 މިލިޔަން މީހުން ދިޔައީ މިބައްޔަށް ފަރުވާ ހޯދަމުންނެވެ.

އެޗްއައިވީ ފެތުރޭ ސަބަބެއް ކަމުގައި ޑަބްލިޔުއެޗްއޯއިން ބުނަނީ އެއްޖިންސުން ގުޅުން ހިންގުމާއި ޖިންސް ބަދަލު ކުރުމުންނާއި ހަށި ވިއްކާ މީހުންގެ އިތުރުން އިންޖިކްޝަން ބޭނުންކޮށްގެން ޑްރަގްސް ބޭނުން ކުރާ މީހުންގެ ސަބަބުން ކަމަށެވެ.

އެޗްއައިވީ އަދި އެއިޑްސް ހުރި މީހެއްގެ ކިބައިން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ދުޅަވުން، ހަމުގެ ކުލައަށް ބަދަލެއް އައުން އަދި ހަންގަނޑު ކުރަކިވުން ހިމެނެއެވެ. މީގެ އިތުރުން ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ބޮލުގައިރިހުމާއި، ކާހިތްނުވުމާއި، މޫނުމައްޗަށް އަނދިރިވުން ހިމެނެއެވެ.

1987 ވަނަ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ފާހަގަކުރަން ފެށި ”ދުނިޔޭގެ އެއިޑްސް ބަލީގެ ދުވަސް“ މިއަދާއި ހިސާބަށް ރާއްޖޭގައި ފާހަގަކުރަމުން އަންނައިރު، މިދުވަހުގެ ހާއްސަ ކުލަޔަކީ ރަތްކުލައެވެ.

މިއަހަރު އެއިޑްސް ދުވަހުގެ ޝިޔާރަކީ ” އެންޑް އިންއިކުއޭލިޓީ، އެންޑް އެއިޑްސް” އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!