ޚަބަރު
އިންޑިއާގެ ބޮޑުވަޒީރު ރައީސް ސޯލިހަށް ފޯނުން ގުޅުއްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު މިއަދު ފޯނުން ގުޅުއްވައި ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާ ގޫޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަ މަސައްކަތަށް އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަރުއްވާފައިވާ ކަމަށް ވެސް ރައީސް ގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފޯން ކޯލާ ގުޅޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ޓުވީޓުގައި ވެސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުގެ ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުންފިލުވި ކަމަށެވެ.

މޯދީ ރައީސަށް ގުޅުއްވާފައިވާ ދަނޑިވަޅަކީ އިންޑިއާ އާއި ގުޅުވައިގެން އިދިކޮޅުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެކެވެ. އިޖުތިމާއި އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި އިންޑިއާގެ އެހީ ލިބެމުން ދާއިރު ރާއްޖެއާއި އިންޑިއާއި ދެމެދުގައި މިހާރު އޮންނަ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ކަމަށް ބުނެ އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!