ޚަބަރު
ގައްދޫ ރާޅު ޓީމަށް ހޫނު މަރުހަބާއެއް

“ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް “ 2021 ގެ ނަމުގައި ބޭއްވި ރާޅާއެޅުމުގެ ޤައުމީ މުބާރާތުން ޗެމްޕިއަންކަން ހޯދުމަށްފަހު ރަށަށް ދިޔުމުން ގދ.ގައްދޫ ޓީމް ޓައިގާ ވޭވްސް ސްޕޯޓްސްއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އިއްޔެ މެންދުރު 2 ޖެހިއިރު ގައްދޫ ރާޅު ޓީމް ރަށަށް ދިޔުމުން ގައްދޫގެ ކައުންސިލަރުންގެ އިތުރުން އެރަށުގެ ކްލަބްތަކުގެ ވެރިންނާއި ރަށުގެ ރައްޔިތުން ހިމެނޭ ގޮތަށް އެޓީމަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

އެގޮތުން ޓިމަށް މަރުހަބާ ކިޔުން ފެށިގެންދިޔައީ ބޮޑުބެރުގެ ހަރަކާތަކުންނެވެ. އަދި އެރަށު ފެތިރިއަނު ބީޗާ ހަމަޔަށް މަރުހަބާ ކިޔުމުގެ ހަރަކާތްތައް ކުރިޔަށް ގެންދެވުނެވެ.

ރާޅާއެޅުމުގެ މިމުބާރާތުން ޗެމްޕިއަންކަން ހޯދާފައިވަނީ ގދ ގައްދޫ ޓައިގާ ވޭވްސް ސްޕޯޓްސްގެ ހޫދު އަހްމަދު އެވެ. ފައިނަލް ރައުންޑްގައި 10.26 ޕޮއިންޓާއެކު ހޫދުވަނީ ޓްރޮފީއާއި 15،000 ރުފިޔާގެ އިނާމު ހޯދާފައެވެ. ޓްރޮފީ އާއި އިނާމް ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މިމުބާރާތުގައި ވާދަކޮށް ގައްދޫ ޓީމްގެ ނަޖާހު މުހައްމަދު ވަނީ ބްރޯންޒް މެޑަލެއް ހާސިލްކޮށްފައެވެ.

ގައްދޫ ޓީމުގެ އިތުރުން ގދ.ވާދޫގެ ޓީމެއްވެސް ވަނީ މިމުބާރާތުގައި ވާދަކޮށްފައެވެ. މިމުބާރާތުގައި ޖުމުލަ 14 ރަށަކުން ވަނީ ޓީމު ވާދަކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!