މަޢުލޫމާތު
ބަރުދަން ލުއި ކޮށްލަން ވަރަށް އަވަސް ގޮތެއް!

ބަރުދަން ލުއި ކުރުމަކީ އަސްލު އެހާ އުނދަގޫ ކަމެއް ނޫނެވެ. އެކަމަށް ބޭނުންވަނީ ކުޑަކުޑަ ހިއްވަރަކާއި ކެރުމެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ހެނދުނުގެ ނާސްތާ މުޅިން ތަފާތު އެއްޗަކަށް ބަދަލުކޮށްލަމާ ހިނގާށެވެ. އާއްމުކޮށް ތި ކައި އުޅޭ ރޮއްޓާއި ރިހަ ނުވަތަ ކުޅިމަހާއި ރޮށި ނަމަވެސް ކެއުން ހުއްޓާލާށެވެ. އަދި ހެނދުނުގެ ނާސްތާ، “ހައި ޕްރޮޓީން” ކެއުމަކަށް ބަދަލުކޮށްލާށެވެ. އޭގެ ސަބަބުން މުޅި ދުވަހު ބަނޑުހައިކަން އެހާ ބޮޑަކަށް އިހުސާސެއް ނުވާނެ އެވެ.

ހަމައެހެންމެ، ހަކުރު ހުންނަ ޖޫސްތަކާއި އެނާޖީ ޑުރިންކުތައް ބުއިން މުޅިންހެން ހުއްޓާލާށެވެ. އަދި ކޮންމެ އިރަކުވެސް، ކާން ފެށުމުގެ ބައި ގަޑިއިރު ކުރިން ފެންތައްޓެއް ބޯން އާދަ ކުރާށެވެ. ހަމައެއާއެކު، ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ މޭވާ އާއި ތަރުކާރީ އާއްމުކޮަށް ކެއުމުގައި ހިމަނާށެވެ.

ބަންދު ކޮށްފައި ހުންނަ ކާނާ ކެއުމުގެ ބަދަލުގައި ތާޒާ މޭވާ އާއި ތަރުކާރީ ބޭނުންކޮށްގެން ގޭގައި ތައްޔާރު ކުރާ ކާނާ ކެއުމަކީ ވެސް އަވަހަށް ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހަމައެހެންމެ، ލަސްލަހުން ކެއުމަކީވެސް އަވަހަށް ބަރުދަން ލުއި ކުރުމަށް މަގުފަހި ކުރުވާނެ ކަމެކެވެ.

ސަބަބަކީ ލަސްލަހުން ކެއުމަކީ ކެވޭ މިންވަރު ތިބާ އަށް ދެނެގަނެވޭ، އަދި ބަނޑު ފުރޭކަން ތިބާއަށް އިހުސާސުކޮށްދޭނެ ކަމަކަށް ވާތީ އެވެ. އެއާ ހިލާފަށް އަވަހަށް ކެއުމަކީ، ތިބާ އަށް ބަނޑު ފުރުނުކަން އިހުސާސު ނުކުރެވުމާއެކު ގިނައިން ކެއުމަށް މެދުވެރިވާ ކަމަކަށްވާތީ އެވެ.

މި ހުރިހާ ކަމަކާއެކު، އަވަހަށް ބަރުދަން ލުއި ކުރުމަށް ބޭނުން ނަމަ ހަމަ ނިދި ނިދުމާއި ކަސްރަތުވެސް ވަރަށް މުހިއްމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!