ޚަބަރު
95 ޓަން މަސް ބާނައި މަޑަވެލި ޓީއެސް ލައިން ދޯނި އާ ރެކޯޑެއް ހަދައިފި

ޖެހިޖެހިގެން 4 ދުވަހު މަސް ކަނޑަށް ނުކުމެ 95 ޓަން މަސް ބާނައި މަޑަވެލި ޓީއެސް ލައިން ދޯނި އާ ރެކޯޑެއް ހަދައިފިއެވެ.

34 ޒުވާން މަސްވެރިންނާއެކު ގދ.މަޑަވެލީ ގައި ދުއްވާ ޓީއެސް ލައިން ދުއްވުމުގައި އިސްކޮށް ޙަރަކާތްތެރިވަމުންދާ އެއް ފަރާތް ކަމަށްވާ މުނާޒް މުހައްމަދު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ ދޯނި ވަނީ އިއްޔެގެ އެކަނި ވެސް 45.9 ޓަނު މަސް ބާނައި މި ފަހުގެ ތާރީޚުގައި އެންމެ ގިނަ މަސް ބޭނި ދޯނީގެ މަގާމު ހޯދާފައި ކަމަށާއި ވޭތުވެ ދިޔަ 4 ދުވަހު ޖެހިޖެހިގެން މާ ކަނޑަށް ނުކުމެ 105 ޓަނު މަސް ބާނައި އެ ރެކޯޑު ވެސް ހަދާފައި ކަމަށެވެ.

މަޑަވެލީ “ޓީ އެސް ލައިން”  ދޯނިން 45.9 ޓަނު މަސް އިއްޔެ ބާނާފައި ވަނީ މަޑަވެއްޔާ ދިމާލުން 50 މޭލު ބޭރުންނެވެ.

މުނާޒް ވިދާޅުވީ މި ދުވަސް ކޮޅަކީ މަސްވެރިކަން ރަނގަޅު ދުވަސްކޮޅެއް ކަމަށާއި ޚާއްޞަކޮށް ދެކުނަށް މަސްވެރިކަން ވަރަށް ރަނގަޅު ކަމަށެވެ.

 ގިނަ އަދަދެއްގެ މަސް ކިރަން ޖެހުމުން އުނދަގޫ ތަކާ ކުރިމަތިވި. ނަމަވެސް އިތުރު މައްސަލައެއް ދިމާނުވެ. މި ފުރުސަތުގައި ﷲ އަށް ޙަމްދުކޮށް ، ދޯނީގެ ވެރިންގެ ފަރާތުން ދޯނީގެ އެންމެހާ ފަޅުވެރިންނަށް ހިތްވަރާއި އައްސަރިބަސް އަދި ޝުކުރުވެރިވަން. ވަރަށް ހިތްވަރު ގަދަ ޓީމެއްމީ ” މުނާޒް މުހައްމަދު ވިދާޅުވިއެވެ. 

45.9 ޓަނު މަސް ބާނައިގެން ރާއްޖޭގެ 2 ވަނަ އަށް އެންމެ ގިނަ މަސްބޭނި ދޯނީ ގެ ގޮތުގައި މަޑަވެލި ޓީއެސް ލައިން ދޯނި ހިމެނިގެން ދިޔައިރު 56 ޓަނު މަސް ބާނާއިގެން މިހާތަނަށް އެންމެ ގިނަ މަސް ބޭނި ދޯންޏެއްގެ ގޮތުގައި ރެކޯޑު ހަދާފައިވަނީ ގދ ތިނަދޫ ގައި ދުއްވި ރަސްމަގު ނަމަކަށް ކިޔާ ދޯންޏެކެވެ.

  1. ާަިުުަަެަިިުެެއަހުމަދު ވ ހުސައިން

    ޓީ އެ ސްގެ ކެޔޮޅައް އައްސެރިބަހާއި ސާބަސް
    ޙިއްވަރުގަދަ ޒުވާން ކެޔޮޅެއ����