ޚަބަރު
ޖެންޑަރ މިނިސްޓްރީގެ 21 މުވައްޒަފަކު ވަކިކުރަން ނޯޓިސްދިނުމަށްފަހު، ވަޒީފާއިން ވަކިކޮށްފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކަށް ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދިނުމަށްފަހު، މިއަދު ވަޒީފާއިން ވަކިކޮށްފިއެވެ. ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންނަކީ، ޖެންޑާ މިނިސްޓްރީގެ ދަށުން ސިވިލް ސާރވިސް މުވައްޒަފުންގެ ގޮތުގައި، ވިލިމާލެ ހިޔާގައި މަސައްކަތްކުރާ 21 ފަރާތެކެވެ.

ވަޒީފާއިން ވަކިކުރި މުވައްޒަފަކު މީޑިޔާއަށް މައުލޫމާތު ދެމުން ހާމަކޮށްފައިވާގޮތުން، ވަޒީފާއިން ވަކިކުރެވުނީ، ވަޒީފާ އަދާކުރާ ތަނުގެ އޮނިގަނޑަށް ގެންނަ ބަދަލަކާ ގުޅިގެން ކަމަށް އަންގާފައި ކަމަށެވެ. އަދި ވަކިކުރަން 21 މުވައްޒަފުންނަށް ނޯޓިސް ފޮނުވުނު ނަމަވެސް، އެއްވެސް މުވައްޒަފެއް އެ ނޯޓިސް އާ ހަވާލު ނުވާ ކަމަށެވެ.

މިނިސްޓރީގެ މިނިންމުމާއި މެދު ހިތްހަމަ ނުޖެހިގެން ވަޒީފާއިން ވަކިކުރި މުވައްޒަފުން ރައީސް އޮފީސް ކައިރިއަށް، ރައީސްގެ ސަމާލުކަމަށް މިމައްސަލަ ގެނައުމަށް ގޮސްފައިވާ ކަމަށްވެސް، މައުލޫމާތު ދިން މުވައްޒަފު ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ރިޒްނާ ޒަރީރު މިޑިއާއަށް މަޢުލޫމާތު ދެއްވާފައިވާގޮތުގައި، ކުޑަކުދިންގެ ހިޔާ ހުސްކޮށް، ރަށްރަށުގައި ގާއިމް ކޮށްފައި ހުންނަ އަމާންވެށިތަކަށް ކުދިން ބަދަލުކޮށްފައި ވާތީ، އެ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ވާނީ އަންގާފައި ކަމަށެވެ. އަދި މިނިސްޓްރީގެ އެހެން ވަޒީފާތަކަށް ބަދަލުވުމުގެ ފުރުސަތު އެ މުވައްޒަފުންނަށް ދިން ކަމަށްވެސް އޭނާ ވިދާޅުވިިއެވެ.

މީގެ އިތުރުން، އެ މުވައްޒަފުން ވަކިކުރާނެ ކަން މީގެ ކުރިން އަންގާފައި ވާއިރު، ސިވިލް ސާވިސް ކޮމިޝަނުންވެސް ވަނީ އެ މުވައްޒަފުން މީގެ ކުރިން ވަކިކުރާނެ ކަން އެ މިނިސްޓްރީއަށް އަންގާފައި ކަމަށް ރިޒްނާ ވިދާޅުވިއެވެ.

މިއަދު ޖެންޑާ މިނިސްޓްރީން 21 މުވައްޒަފެއް ވަޒީފާއިން ވަކިކުރި އިރު، މީގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީން ވަޒީފާއިން ވަކިކުރި ނުވަ މުވައްޒަފެއްގެ ވަޒީފާ އަނބުރާ އިއާދަކުރުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!