ޚަބަރު
ޓްރީ ޓޮޕް ހޮސްޕިޓަލުގެ “ޙިތާނީ ކޭމްޕް 2021” ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޙިތާނީ ކޭމްޕް 2021 ވަނީ ފާށާފައެވެ. ޙިތާނީ ކޭމްޕް 2021 ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 15 ޑިސެމްބަރ އިން 16 ޖަނަވަރީ 2021ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޙިތާނީ ކޭމްޕް 2021 އިތުރަށް ފުޅާކުރެވި 6 ޑޮކްޓަރުން މިއަހަރު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިއަހަރު ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ޙާއްސަ ޑޮކްޓަރުން، ޑރ. ރިޝީ ކާންތް އާރިޔަލް، ޑރ. ޢަބްދުﷲ އުބައިދު، ޑރ. މައުމޫން އާސިމް ޑރ. މުހައްމަދު ޝަރީފް، ޑރ. އައިޝަތު އަޒްނާގެ އިތުރުން، ކުޑަކަމުދާ ނިޒާމްގެ ޚާއްސަ، ޑރ. މެހްމެތު އޯޑަރ ހިމެނިވަޑައިގަންނަވައެވެ. މި އައު ބަދަލާއެކު މިއަހަރުގެ ޙިތާނީ ކޭމްޕް 1 މަސް ދުވަހަށް ފުޅާކުރެވި 200 އަށްވުރެން ގިނަ ކުދިންނަށް ޖާގަ ހުޅުވިފައިވެއެވެ.

މިއަހަރުގެ ޙިތާނީ ކޭމްޕްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައިވެއެވެ. ޙިތާނީ ކޭމްޕްގައި ބައިވެރިވުމަށް 3351610 ގުޅުއްވައިގެން ނަންނޯޓުކުރެވޭނެއެވެ. ޙިތާނީ ޕެކޭޖްގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 4000ރ އެވެ. އަދި ބާއްވާ ކޮޓަރި އަޕްގްރޭޑް ކުރުމަށް ޕްރައިވެޓް ކޮޓަރިތަކަށް ޚާއްސަ އަގުތަކެއް އެކުލަވާލާފައިވެއެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް 3351610 އަށް ގުޅުއްވާ، ނުވަތަ care@treetophospital.com އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!