ޚަބަރު
ކޯވިޑް-19ގެ އެންމެ ފަހުގެ ނުރައްކާތެރި ވޭރިއަންޓް، އޮމިކްރޯން ގެ 2 ކޭސް އިންޑިއާއިން

ކޯވިޑް-19ގެ އެންމެ ފަހުން ފެނުނު އެންމެ ނުރައްކާތެރި ވޭރިއަންޓް، އޮމިކްރޯން ގެ ދެ ކޭސް އިންޑިއާއިން ފެނިއްޖެއެވެ.

މިވަގުތު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ގެ އެންމެ ފަހުގެ އަދި އެންމެ ނުރައްކާތެރި ވޭރިއަންޓް، އޮމިކްރޯންގެ 2 ކޭސް، އިންޑިޔާއިން ފެނިފައިވާކަމަށް އިންޑިޔާގެ ހެލްތު މިނިސްޓްރީން ވަނީ މިއަދު ކަށަވަރު ކޮށްދީފައެވެ. އިންޑިޔާގެ ހެލްތް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ދެ ކޭސްވެސް ފެނުނީ އިންޑިޔާގެ ސްޓޭޓެއް ކަމުގައިވާ ކަރްނާޓަކާއިންނެވެ.

ހެލްތް މިނިސްޓްރީން އިން މަޢުލޫމާތު ދީފައިވާ ގޮތުން، އޮމިކްރޯން ވޭރިއަންޓް ފެނުނު 2 ފަރާތުގެ ހާލު ވެސް ރަނގަޅު ކަމަށް އެ ގައުމުން ބުނެއެވެ.

ކޯވިޑް ގެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ އޮމްނިކޮރޮން އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާގެ ސަރަހައްދުންނެވެ.

އޮމިކްރޯން ވޭރިއަންޓާއި ބެހޭ ގިނަ ދިރާސާތައް ސައިންސްވެރިން ކުރަމުން އަންނަ އިރު، މި ވޭރިއަންޓް ފެނިފައިވާ ދެކުނު އެފްރިކާގެ ގައުމުތަކުގެ މީހުން، ގިނަ ގައުމުތަކަކުން ވަނީ އެރުން މަނާކޮށްފައެވެ. ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުން މި ވޭރިއަންޓްއަށް ޕޮޒިޓިވް ވެފައިވާ މީހުން ދަނީ ފެންނަމުންނެވެ. މި ވޭރިއަންޓްއިން ދިފާއުވުމަށް ވެކްސިންގެ ބޫސްޓާ ޑޯޒް އެއްވެސް ދިނުމަށް ގައުމުތަކުން އަންނަނީ ތައްޔާރުވަމުންނެވެ.

Comment