ފެންޑާ
ފުރަތަމަ ފެންނަ މަންޒަރުން ތިބާއާއި ގުޅޭ މުހިންމު މައުލޫމާތު ތަކެއް: ވަރަށްވެސް ތަފާތު ޓެސްޓެއް

ތިބާގެ އަމިއްލަ ނަފުސާއި ޝަޚުސިއްޔަތާއި ގުޅޭ، ވަރަށްވެސް ތަފާތު މަޢުލޫމާތު ތިރީގައި ހިމެނިފައިވާ މަންޒަރުތަކުން ތިބާއަށް ފުރަތަމަ ފެންނަ މަންޒަރަށް ބުރަވެ ދެނެގަނެވިދާނެއެވެ. އަދި މިމަންޒަރުތަކުން ތިބާގެ ސިކުނޑީގެ އެވަގުތު ސިކުނޑި މަސައްކަތް ކުރާގޮތް އެނގިގެން ދާނެއެވެ.

ހުރިހާ މަންޒަރުތައް ވީހާވެސް ރަނގަޅަށް ބެލުމަށްފަހު ފުރަތަމަ ތަސްވީރު ފެނުނު ގޮތަށް ބަލައި އެއިން ދޭހަކޮށްދޭ މަޢުލޫމާތު ދެނެގަންނާށެވެ.

ފުރަތަމަ ތަސްވީރު:

މިތަސްވީރު ރަނގަޅަށް ބަލާށެވެ. މިތަސްވީރުން ފެންނަނީ ކޮން އެއްޗެއް؟ މިތަސްވީރުން 2 މަންޒަރެއް ފެނެއެވެ. ފުރަތަމަ މަންޒަރެއްގެ ގޮތުގައި ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟

އަންހެނެއްގެ މަންޒަރު؛

ފުރަތަމަ ބަލާލުމުން ފުރަތަމަ ފެނުނީ އަންހެނެއް ހެއްޔެވެ؟ ފުރަތަމަ ބަލާލުމުން އެންމެ ފުރަތަމަ އަންހެނެއް ފެނުނުނަމަ، އެއިން ދޭހަކޮށްދެނީ، އާންމުގޮތެއްގައި ތިބާއަށް ބޭނުންކުރެވެނީ ސިކުނޑީގެ ވާތު ފަރާތްކަމެވެ. ސިކުނޑީގެ ވާތު ފަރާތް ބޭނުންކުރެވެނީ ލޮޖިކް އަދި ކަންކަން އެނަލައިޒް ކުރުމަށެވެ. މިއީ ވަރަށްވެސް ރަނގަޅު ކަމެކެވެ. ސިކުނޑީގެ ވައަތް ފަރާތް ގިނައިން ބޭނުންކުރާ ފަރާތްތަކަކީ، ތަފާތު ނިންމުންތައް ނިންމުމަށް ކުޅަދާނަ މީހުންނެވެ. އެހެން ނަމަވެސް ތިބާއަކީ އޮޕްޓިމިސްޓިކް މީހެކެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރާ، އެހެން މީހުންނަށް މަގުދައްކައިދޭ، އެހީތެރިއެކެވެ. ގިނަބަޔަކު، ކަންކަމުގައި، ތިބާގެ ލަފާ ހޯދާނެއެވެ. ތިބާއަކީ ޕާފެކްޝަނިސްޓެކެވެ. ކޮންމެ ކަމެއް އެންމެ ފުރިހަމަޔަށް ކުރުމަށް ނުވަތަ ހުރުމަށް ބޭނުންވާ ފަރާތެކެވެ. ތިބާގެ މިބައި ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް ގެންގުޅެނިކޮށް ހުރިހާކަމެއް ފުރިހަމަވީއެވެ.

މުސްކުޅި މީހެއް:

ތިބާއަށް ފުރަތަމަ ފެނުނީ މުސްކުޅި މީހެއް ހެއްޔެވެ؟ މުސްކުޅި މީހެއް ފެނުނު ނަމަ ތިބާއަކީ، ވަރަށް ބޮޑަށް އެމްޕެތެޓިކް ނުވަތަ އެހެން މީހުންގެ ހާލަތާއި ކަންކަމާމެދު ވިސްނައި ފިކުރުކޮށް، އެހެން މީހުންގެ އިހްސާސްތަށް ވަރަށް ރަނގަޅަށް ދަންނަ ސެންސިޓިވް ފަރާތެކެވެ. ތިބާ އަކީ، ދިރިއުޅުމުގައި ކާމިޔާބު ގުޅުންތައް ހާޞިލްވެފައިވާ ހަރުދަނާ ލޯބީގެ ގުޅުން ދަމަހައްޓާ ފަރާތެކެވެ. ގިނައިން ތިބާއަށް ބޭނުންކުރެވެނީ، ތިބާގެ ސިކުނޑީގެ ކްރިއޭޓިވް ނުވަތަ އުފެއްދުންތެރި ބަޔެވެ. ތިބާއަކީ އަކީ އުފެއްދުންތެރި ހުނަރުވެރި ފަރާތެކެވެ.

ދެވަނަ ތަސްވީރު:

ދުރުމި އަޅައިގެން ހުރި މީހެއް:

މިމަންޒަރު ލޯކުރިމަތިން ފެންނަން ހުރި އިރު، ތިބާއަށް ފުރަތަމަ ފެނުނީ ދުރުމި އަޅައިގެން ހުރި މީހެއް ނަމަ، ތިބާއަކީ އަބަދުވެސް ބޮޑު މަންޒަރު ދެކޭ ފަރާތެކެވެ. ތިބާއަކީ ކަންކަމުގެ ގެއްލުން އަދި ފައިދާ ނުވަތަ ކަންކަމުގެ ކުދިކުދި ތަފްޞީލްތަށް ބެލުމަށް މާބޮޑު ސަމާލުކަމެއް ދޭ ފަރާތެއް ނޫނެވެ. ތިބާ އަކީ ކަންކަމުގައި ޕްރެކްޓިކަލް ކޮށް ވިސްނާ ފަރާތަކަށް ވީނަމަވެސް، ދިރިއުޅުމުގައި ތަފާތު މައްސަލަތައް ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެކެވެ.

އިނގިރޭސި އަކުރު A “އޭ”:

މިމަންޒަރުން ދުރުމި އަޅައިގެން ހުރި މީހަކު ފެނުމުގެ ކުރިން އިނގިރޭސި އަކުރު A “އޭ” ފެނުނު ނަމަ، ތިބާއަށް އެހެން މީހުންނަށް ނުފެންނަ ތަފާތު ކަންކަން ފެނުމުގެ ހުނަރު ލިބިގެން ވެއެވެ. މިއީ މަދު ބަޔަކަށްމެ ނޫނީ ލިބގެން ނުދާ ހުނަރެކެވެ. ތިބާއަކީ، އަމިއްލަޔަށް ކަންކަން ބަލައި ހޯދުމުގެ ޚާއްސަ ހުނަރެއް ލިބިފައިވާ ފަރާތެކެވެ. މިފަދަ ހުނަރު ލިބިފައިވާ މީހުންނަކީ، މޮޅެތި ޑިޓެކްޓިވް ނުވަތަ ޖާސޫސް ކުރާ ފަރާތްތަކަށް ވެގެންދާނެއެވެ.

ތިންވަނަ ތަސްވީރު:

ކިނބުލެއް ފުރަތަމަ ފެނުނު ނަމަ:

މިމަންޒަރުން ފުރަތަމ ބަލާލުމުން، ކިނބުލެއް ސިފަވި ނަމަ، ތިބާއަކީ ކަންކަމުގައި ވަރަށް އުސޫލުގައި ހިފަހައްޓާ މީހެކެވެ. ތިބާ އަކީ ދިރިއުޅުމުގައި މާބޮޑަށް ރިސްކު ނަގަން ބޭނުން ނުވާ ފަރާތެކެވެ. ނަމަވެސް ދިރިއުޅުމުގައި ރިސްކު ނުނަގައި ކަންކަން ކާމިޔާބު ވުމަކީ ފަސޭހަކަމެއް ނޫނެވެ. ކަންކަމުގައި ތަފާތު ރިސްކު ނަގައި އަންދާޒާ ކުރުމަކީ ދިރިއުޅުމުގައި މުހިންމު ކަމެކެވެ.

ބޯޓެއް ފެނުނު ނަމަ:

މިމަންޒަރުން ފުރަތަމަ ބޯޓެއް ފެނުނު ނަމަ އުފާކުރާށެވެ. ތިބާއަކީ ވަރަށް ފުރިހަމަޔަށް ކަންކަން ފާހަގަކުރެވޭ ފަރާތެކެވެ. ތިބާގެ ލޯ ކުރިމަތިން ތިބާއަށް ނޭނގި އެއްވެސް ކަމެއް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ތިބާއަކީ ވަރަށް ހުނަރުވެރި ފަރާތެކެވެ. ތިބާގެ ޝަޚުސިއްޔަތުގައިވާ ތަފާތު ސިފަތަށް ދަމަހައްޓާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!