ޚަބަރު
އިންޑިޔާގެ ފުލުހުން ދިވެއްސަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

މަސްތުވާ ތަކެތީގެ މައްސަލައެއްގައި އިންޑިޔާ ފުލުހުން ދިވެއްސަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފިއެވެ.

އިންޑިޔާގެ ރިޕޯޓްތައް ބުނާ ގޮތުން މަސްތުވާ ތަކެތީގެ މައްސަލައިގައި ހޯދަމުންދަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަޒްލިފް މުހައްމަދު ނަމަކަށް ކިޔާ މިމީހާ އަކީ ގިނަ އަދަދަކަށް ކެނަބިސް އުފައްދައި ވިޔަފާރި ކުރާ މީހެއް ކަމަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އާ ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އެހެންކަމުން އިންޑިޔާ ފުލުހުން ތަހުޤީގުކުރަމުންދާ މަސްތުވާ ތަކެތީގެ މައްސަލައިގައި އަޒްލިފް މުހައްމަދު ހޯދުމަށް ވަނީ ރެޑްނޯޓިސް ނެރެފައެވެ.

މަސްތުވާ ތަކެތީގެ މައްސަލަތައް މިހާރަކަށް އައިސް ރާއްޖޭގައިވެސް ދަނީ އިތުރުވަމުންނެވެ. ކެނަބިސް ޓްރެފިކްކުރުމުގެ ކުށް ކޮށްފި މީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އެގޮތުން މިއަހަރު މާރޗް މަހުގައިވެސް ކެނަބިސް ޓްރެފިކިންގ ގެ މައްސަލައިގައި މީހަކު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އުމުރު ދުވަހަށް ޖަލު ހުކުުމެއް ވަނީ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!