ކުޅިވަރު
ގދ. އަތޮޅުކައުންސިލް، ފޭސް ވޯލީ ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ގދ. އަތޮޅުކައުންސިލް، ފޭސް ވޯލީ ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް” 30 ޑިސެމްބަރ 2021 ން 14 ޖެނުއަރީ 2022 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރަތަކީ، ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ.

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ވޮލީބޯޅަ މުބާރާތް އިންތިޒާމު ކުރާ ފަރާތަކީ، ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިޔުނިޓީ އެމްޕަވަރމެންޓް (ފޭސް) ޖަމްއިއްޔާ އިންނެވެ. ފޭސްގެ ފަރާތުން މަޢުލޫމާތު ދޭގޮތުން މި މުބަރާތް ވޭއްވުމަށް ހަމަޖެހިފައިވަނީ މިފަހަރު ގދ.ފިޔޯރީގައި ކަމަށެވެ.

އެގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި، ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހުގެ ކުރިން ޓީމްތައް ރެޖިސްޓްރީ ކުރުމަށް ފޭސް އިން ބުނެއެވެ.

މި މުބާރާތަކީ ރަށު ކައުންސިލް ތަކަށާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން އަތޮޅު ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށާއި، ކުޅިވަރުގެ ޖޯޝާއި ފޯރިއާއި ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގްސަދުގައި އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި އަންހެން ފިރިހެން ދެ ޑިވިޝަން އަށް ކުޅެވޭއިރު، ޗެމްޕިއަން ޓީމް އަށް 20،000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ރަނަރއަޕް އަށް 10،000 (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވިގެން ދާއިރު އަތޮޅުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާވެސް ހޮވިގެން ދާނެއެވެ.

މުބާރާތް އިންތިޒާމް ކުރާ ފޭސް ޖަމިއްޔާއިން މައުލޫމާތު ދެއްވާގޮތުގައި ރަށުން ބޭރުން މެޗު ކުޅުމަށް ފިޔޯރީ އަށް ދާ ޓީމު ތަކަށް އެދުވަހުގެ ހުރުމުގެ އިތުރުން ޓީމްތަކަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ޓީމް ތަކުގެ އޮފިޝަލުންގެ ޖާޒީ ފޭސް ޖަމިއްޔާއިން ހިލޭ ފޯރު ކޮށްދޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. މީގެ އިތުރުން ކުޑަ އަގެއްގައި ބޭނުން ޑިޒައިން އަކަށް ޓީމް ޖާރޒީ ތައްޔާރު ކުރުމުގެ އިތުރުން ޕްރިއޯޑަރަށް ސަޕޯޓަރުންގެ ޖާޒީ ފޯރުކޮށްދޭނެ ކަމަށްވެސް ފޭސް ޖަމިއްޔާއިން ބުނެއެވެ.

ފޭސް ޖަމިއްޔާއަކީ 2015 އަހަރުން ފެށިގެން ފިޔޯރީގައި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން ބީ.އެޗް.އެމްގެ އެހީގައި އެރަށު މިސްކިތް ބެލެހެއްޓުމާއި ތަދްރީސުލް ޤުރްއާންގެ ނަމުގައި ޤްރުއާން ކުލާހެއް ހިންގުމާއި، ރަށުގައި ޕާރކެއް ތަރައްޤީ ކުރުމުގެ އިތުރުން އެ ޖަމިއްޔާއިން ދަނީ ފޭސް އެކަޑަމީގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގަމުންނެވެ. އަދި އިޖްތިމާޢި ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފިތުރު ޢިދުގައި ޢީދު ސައި ނަމުގައި ސައެއް ފޭސް ޖަމިއްޔާއިން ބާއްވައެވެ.

މުބާރާތުގެ ޤަވާއިދާއި، ބައިވެރިވުމަށް އެދޭފޯމް، ތިރީގައިވާ ލިންކުން ޑައުންލޯޑު ކުރެއްވޭނެއެވެ.

https://www.dropbox.com/…/volleyball%20tournament…

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!