ރިޕޯޓް
ލޯބިވާ ބައްޕައެވެ. ތިޔައީ ހާދަ މާތް އިންސާނެކެވެ.

ތިޔައީ އެފަދަ ދެވަނައެއް ނެތް އިންސާނެކެވެ. ދަރިންނަށްޓަކައި ވަރަށް މަތިވެރި ގުރުބާނީ ތަކެއްވި ނަފްސެކެވެ. އަޖައިބްވަނީ ތި އިންސާނާގެ ކެތްތެރިކަމެވެ. ހިތްހެޔޮކަމެވެ. ހިތްތިރިކަމެވެ. މަޑުމައިތިރިކަމެވެ. ދުނިޔޭގައި ދިމާވާ ކަންތައްތައް ނުފެންނަނީ ހެއްޔެވެ؟ ތަކްލީފްތަކާއި ކުުރިމަތި ނުލަނީ ހެއްޔެވެ؟ އެހެނަސް ފެންނަން އޮތް ހަގީގަތަކީ ތަކްލީފްތަކާއި ކުރިމަތިލި ކަމުގައިވިޔަސް ތިޔަ މާތް އިންސާނާގެ ކިބައިން އެފަދަ އަސަރެއް ނުފެންނަ ކަމެވެ. އަސަރެއް ނުފެނުނަސް ހިތުގެ އަޑީން ކުރީ ހިތްވަރެވެ.

ތިޔައީ ހިތުން ލޯތްބާއި ކުލުނު ދެވުނު ބައްޕައެވެ. އަންހެންކުއްޖެއްގެ ހިތުން ލޯބި ދެވުނު އެންމެ މައުސޫމް ފިރިހެނާއެވެ. ފިރިހެންކުއްޖެއްގެ އެންމެ ގާތް އެކުވެރިއާއެވެ. އެއްވެސް ޝަކުވާއެއް ނެތި ދަރިންގެ ހިތްދަތިކަމުގައި ބައިވެރިވި ބައްޕައެވެ. އެއްވެސް ނުރުހުމެއް ނެތި ދަރީންގެ ނިންމުންތަކުގައި ބައިވެރިވި ބައްޕައެވެ. ނުރުހުމުގައި ބަސްނުބުނި ލޯބިވާ ބައްޕައެވެ.

ލޯބިވާ ބައްޕައެވެ. ގުދާރު ބިންދައިގެން ދަރީންގެ ހަޔާތް އާބާދުކުރަން ކުރި މަސައްކަތް ދުށީމުއެވެ. ހަޔާތް ފުރިހަމަ ކުރުމަށްޓަކައި ވެހޭހައި ވާރޭއެއްގައި މަސައްކަތް ކުރިތަން ދުށީމުއެވެ. ދަރިން ގެއަށް ނުވަންނަ ހާ ހިނދަކު ލޮލަކަށް ނިންޖެއް ނާދެއެވެ. ދަރިފުޅު ގެޔަށް ނާންހާ ހިނދަކު ބައްޕަގެ އަރުތެރެ ތެމުނު ހަނދާނެއް ނާދެއެވެ. ތިފަދަ ބައްޕައަކަށް އުފާނުކުރަނީ ކޮން ދަރިއެއް ހެއްޔެވެ؟

ބައްޕާއެވެ. އަދިވެސް އަހަރެންނާއި މެދު އިތުބާރު ކުރާށެވެ. ބައްޕަގެ ލަގޮނޑިއަށް ކެތްނުވެވުނު ކަންތައްތައް އަބަދުވެސް ހަނދާން ބަހައްޓާނަމެވެ. ދެއްކެވި މަގުން އިހްތިޔާރުކޮށް ދިންހާ ނަސޭހަތް އަބަދުވެސް ކަންފަތުގައި ގުގުމާލަދޭނަމެވެ.

ލޯބިވާ ފުރާނައެވެ. މިއަދު ބަލި މީހަކު ކަމުގައިވެސް ވެދާނެވެ. އެހަނަސް އަހަރެން ހަތެރެސްފައި ހިދުމަތް ކޮށްދޭނެވެ. މާދަމާ އަހަރެންނާއި ވަކިވެ ފަސްގަނޑުގައި ފޮރުވިފައިވެސް އޮވެދާނެވެ. ނަމަވެސް ވަކިވެގެން ދިޔަސް ސިކުޑީގައި ތާޒާވަމުން ދާނީ ފޮނި ހަނދާންތަކެވެ. ކުރި ސަމާސާއެވެ. އެކުގައި ދެކެވުނު ވާހަކަތަކެވެ. އެދުނު ކަންތައްތަކެކެވެ. ކުރި ބުރަ މަސައްކަތެވެ. ގަޔާވެގެން ދަސްކޮށްދިން އާދަތަކެވެ.

އަހަރެންގެ ލަގޮނޑިއަށް ކިތަންމެ ކެތްނުވިޔަސް ތިޔަ ފުރާނައަށް ރަހުމަތް ލެއްވުން އެދި ދުޢާކުރަާނަމެވެ. ފާފަ ފުއްސެވުން އެދި ދުޢާކުރާނަމެވެ. ލިބޭނެ ކޮންމެ ހިތާމައަކާއި އުފަލެއްގައި ބައިވެރި ކުރާނީ ހިތުގެ ފުން މިނުންނެވެ. ތިޔަ ފުރާނަ ވަކިވި ކަމުގެ އިހުސާސް އެއްނުވާނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!