ޚަބަރު
ފެނަކައިން ވަކިކުރި މުވައްޒަފެއްގެ ވަޒީފާ އަނބުރާ ދޭން ކަނޑައަޅައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް އޭނާގެ ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

މިދިޔަ އަންގާރަދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒީފާ ދިނުމަށް ނިންމާފައިވަނީ، 2020 ވަނަ އަހަރު ޖެނުއަރީ 23 ގައި ފެނަކައިން ވަޒީފާއިން ވަކިކޮށްފައިވާ ފ. ބިލެތްދޫ، އަސްރަފީގެ، އިމްރާން ރަޝީދު އަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ބަލައިދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ 4 ފެބްރުއަރީ 2020 ގައެވެ.

ޢިމްރާން ރަޝީދަކީ 16 ސެޕްޓެމްބަރު 2015 އިން ފެށިގެން ފެނަކައިގެ އެސިސްޓަންޓް މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުން ގޮސްފައިވާ ފަރާތެކެވެ.

ޣަނީ އެކްއޯ އެލް.އެލް.ޕީގެ ސީނިއާ ލޯޔަރު އަލްއުސްތާޛް ޖައިލަމް ތައުފީޤް ވަކާލާތު ކުރެއްވި މައްސަލާގައި، ޓްރައިބިއުނަލް އިން ހުކުމް ކޮށްފައި ވަނީ އިމްރާން ރަޝީދުގެ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އިއާދަ ކުރާ ދުވަހާ ހަމައަށް ވަޒީފާގައި ހުރިނަމަ އޭނާއަށް ހައްގުވާ މުސާރައާއި އިނާޔަތްތައް ވެސް ނަގައިދިނުމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ހުކުމުގައިވާ ގޮތުން، އެ ގޮތަށް މައްސަލަ ނިންމި ސަބަަބަކީ އިމްރާން ރަޝީދު ވަޒީފާއިން ވަކިކޮށްފައި ވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމް ކުރަން ޖެހޭ މައުޟޫއީ ޢަދުލުވެރިކަން އަދި އިޖުރާޢީ ޢަދުލުވެރިކަން ގާއިމް ކުރުމެއް ނެތި ކަމަށް ބުރަވެވޭތީ ކަމުގައެވެ.

މީގެ ކުރިންވެސް ފެނަކަ އިން ބައެއް މުވައްޒަފުން އުސޫލުތަކާ ޚިލާފަށް ވަޒީފާއިން ވަކިކުރި މައްސަލަތަކެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައި، އެމުވައްޒަފުންނަށް ވަޒީފާ އަނބުރާ އިއާދަކޮށްދެއްވުމަށް ފެނަކައިގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!