ރައްޔިތުންގެ އިހްސާސްތައް އަޑުއަހާ 2023 އަށް ފާޓީގެ ވައުދުތައް އެކުލަވާލުމަށާއި، ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ކުރަމުންދާ މަސައްކަތުގެ ދަށުން އެޕާޓީގެ ރައީސް އާއި ލީޑާރޝިޕް ހުވަދު އަތޮޅު ދެކުނުބުރީ އަށް ވަޑައިގެންފިއެވެ.
އެމްއެންޕީގެ މި ދަތުރަކީ އެޕާޓީގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެމްއެންޕީން ބުނެފައިވަނީ އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައެވެ.
އެގޮތުން މިއަދު ހެނދުނުގެ ވަގުތެއްގައި އެމްއެންޕީގެ ލިޑާޝިޕް ހުވަދުއަތޮޅު ދެކުނުބުރީ އަށް ވަޑައިގަތް އިރު، އެންމެ ފުރަތަމަ ރަށަކަށް ތިނަދޫ އަށް ވަނީ ވަޑައިގެންފައެވެ.
އެމްއެންޕީގެ ރައީސް އަދި ލީޑަރޝިޕް ހުވަދު އަތޮޅަން ކެރަނެ ދަތަރަން ހުރުމުގެ ކުރިއެން#MNPTrips #MNPSouthRegion #MNPHuvadhoo pic.twitter.com/QamlFl0a49
— Maldives National Party (@MNP_Secretariat) December 3, 2021
އެގޮތުން އެމްއެންޕީން ހުވަދު އަތޮޅު ދެކުނުބުރީ އަށް ކުރާ ދަތުރުގެ ތެރެއިން ޑޯޓުޑޯ ހަރަކަތްތައް ހިންގުމަށް ހަމަޖެހިފައިވާއިރު، މިއަދު ތިނަދޫ އަށް ވަޑައިގެން، ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންވަނީ، އެޕާޓީ އަށް ތާޢީދު ކުރައްވާ ތިނަދޫގެ ޒުވާނުންނާއިވެސް ބައްދަލު ކޮށްފައެވެ. މީގެ އިތުރުން އެޕާޓީ އިން މައުލޫޫމާތު ދޭގޮތުގައި މި ދަތުރުގައި ގދ.މަޑަވެއްޔާއި ގދ.ހޯނޑެއްދޫއަށް ވެސް އެޕާޓީގެ ލީޑާރޝިޕުން ޒިޔާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޕީއަކީ ސިޔާސީ މައިދާނުގައި މިހާރު ހަރަކާތްތެރިވާ އެންމެ ހަނގު ސިޔާސީ ޕާޓީއަށް ވިޔަސް އެޕާޓީގައި ސިޔާސީ ގޮތުން ތަޖުރިބާ ހުރި ގިނަ ބޭފުޅުން ހިމެނި ވަޑައި ގަންނަވައެވެ.
އަދި އެމްއެންޕީން މިހާތަނަށް 10،000 މެންބަރުން ހަމަކޮށްފައިވާއިރު މިއީ ރާއްޖޭގައި މިހާތަނަށް އުފެއްދި ސިޔާސީ ޕާޓީތަކުގެ ތެރެއިން ކުރު މުއްދަތެއްގެ ތެރޭގައި މިހާގިނަ އަދަދެއްގެ މެމްބަރުން ހަމަކުރި ޕާޓީއެވެ. އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ފާއިތުވެދިޔަ 4 މަހެއްހާ ދުވަހުގެ ތެރޭގައި އެޕާޓީން މިވަނީ 10،000 މެމްބަރުން ހަމަކޮށްފައެވެ.