ފެންޑާ
“ކަނޑިކެ ލޯބި”

އެއީ މީގެ ޒަމާންތަކެއް ކުރިއެވެ. ކާށިދޫގެ ފާލަމުން ފައިބާއިރު ކަނާއަތްފަރާތުން ފުރަތަމަޖެހޭ ގެއަކީ އުސްމާނާ ހަރީރާގެ ދެމަފިރިން ދިރިއުޅޭ ގެއެވެ. ލަކުޑިން މެއްލަޖަހައިގެން ބިތްބައްދައި ފަނުން ހިޔާކޮށްފައިވާ ރީތި ކުޑަކުޑަ ގެއެކެވެ. އެތެރެގެ އެއީ އުސްމާނުގެ ދެމަފިރިންގެ ބައެވެ. މައިދައިތައާއި ބަފާބެ ނިދަނީ ދިމާއެނދުގައެވެ.

އާދައިގެ މަތިން މިރޭވެސް އިޝާނަމާދުން އައިސް ރޭގަޑުގެ ނާސްތާ ނިންމާލުމަށް ފަހު ހަރީރާގެ ލޮލަށް އުސްމާނު ބަލާލިއެވެ. “މިރޭވެސް ނިދާނީ ބޮޑުއަށީގައިތަ؟ މިހާރު އަހަރެންގެ މަގަތުގައި ހަރީރާ ނުނިދާތާ ތިންމަސްދުވަސް ވެއްޖެ.” އުސްމާނުގެ ވާހަކަށް ހަރީރާ ޖަވާބު ދިނުމުގެ ބަދަލުގައި ފޫހިގޮތަކަށް އުސްމާނާ ދިމާއަށް ބަލާލުމަށްފަހު ތެދުވެގެން ގޮސް ބޮޑުއަށީގައި އޮށޯވެ ނިދައިފިއެވެ.

އުސްމާނު ބިޑިއެއް ރޯކޮށްގެން ބޭރަށް ނުކުމެ މިސްރާބުޖެހީ އެއްގަމާދިމާއަށެވެ. ހަރުދުވެލީގައި ހިނގާފައިގޮސް އެރަށު ތައްޚާނުބޭ އުޅޭ ގޭގެ ވޮއް އަލިވާ ހިސާބަށް އަރާފައި ކަރުކެހިލިއެވެ. ގޭތެރޭން އަޑެއް ބަޑެއް ނުއިވުމުން ދެދޮރުކަނީގައި އަތްއަޅާލުމަށްފަހު ގޭތެރެ ބަލާލިއެވެ. ތައްޚާނުބޭ އިނީ ތައްޓެއް ލިޔާށެވެ. ތައްޚާނުބޭ ކުރަން އިން ކަންތައް ނިމުމުން ތައްޚާނުބޭގެ މަގަތުގައި އުސްމާނު އިށީންދެ އޭނާގެ މުހުތާދު ކިޔާދިނެވެ. ހަރީރާ އުސްމާނާ ހިތާނުވާ ވާހަކައެވެ. ބަސްނުކިޔާ ވާހަކައެވެ. އިނދެގެން އުޅުނަސް ކައިވެނީގެ އެއްވެސް އުފަލެއް ނެތްވާހަކައެވެ.

ތައްޚާނުބޭ އުސްމާނުގެ ކޮނޑުގައި އަތްޖަހާލާފައި ބުންޏެވެ. ” ކޮއި ފުޅާ ކަންބޮޑުނުވޭ. ތައްޚާނުބޭ ބަހައްޓާނީ ހަމަ އެންމެ އެތިފަހަރެއް. ބުނަންތަ! މިއީ މުޖައްރިބު ފަންޑިތައެއް. މިއީ ދަރިންނަށްވެސް ހަދާނުދޭވަރުގެ ފަންޑިތައެއް. މީތި ކާމިޔާބު ވެއްޖެ ނަމަ ހަރީރާ ކަލެޔާހެދި މޮޔަވާނެ. އުސްމާނު ކޮށްދޭންވިކަމަކީ ހަރީރާ ނިދަން ލާން ގެންގުޅޭ ކަނޑިއްކެއް މަގޭ އަތުޖައްސާލަދޭންވީ”

އުސްމާނު އަޅާ އިތިކޮށް ދުވައްގަތެވެ. ގެއަށް ގޮސް ހަރީރާ ނިދަން އަންނަ ކަނޑިކިތަކުގެ ތެރެއިން ބާ ކަނޑިއްކެއް ތައްޚާނުބޭއަތަށް ގެނައެވެ. ތައްޚާނުބޭ ކުރިކަމެއް ކުރުމަށް ފަހު ކަނޑިކި އުސްމާނުއަތަށް ދެމުން ބުންޏެވެ. “އުސްމާނާ ބުނަން! ހަރީރާ މިކަނޑިކި އަނދެފިއްޔާ އެރޭ ނިދާނީ އުސްމާނުގެމަގަތުގަ. އުސްމާނުކައިރިން އެންމެ ހިނދުކޮޅަކަށްވެސް ދުރަކަށް ނުދާނެ.” އުސްމާނު ދުވަމުން ފުމެމުން އައިސް ކަނޑިކި ހުރިތާނގައި ބެހެއްޓިއެވެ.

ބޮޑުއަށްޓާދިމާ ރޯނުގައި ހުރި ކަނޑިކަށް ދެއިރު ދެދަޅައަށް އުސްމާނު ބަލައެވެ. ދެދުވަސް ވެއްޖެއެވެ ތިންދުވަސް ވެއްޖެއެވެ. ހަތަރުވަނަދުވަހުގެ ރޭ އުސްމާބަލާލިއިރު ކަނޑިކެއްނެތެވެ. އުސްމާނު އުފަލުން ފޮޅުނެވެ. ކާހިތެއްވެސް ނުވިއެވެ. ބަނޑު ހުރީ ފުރިފައެވެ. ޢިޝާނަމާދުން ފޭބިގޮތަށް އައިސް މުޅިގައިގައި އޯކޭސެންޓުގެ މީރުވަސް ހިއްޕާލިއެވެ. ކުރީ ރޭތަކަށްވުރެ ބޮޑަށް ބައްތިވެސް ކަނިކޮށްލިއެވެ. އެހެން ރޭރެއާ ޚިލާފަށް މިރޭ ނިދަން އޮށޯތީ އެންމެ އައު މުންޑު އަނދެގެނެނެވެ.

ގޭގެ އެންމެންނިދާ ހަމަހިމޭންވެއްޖެއެވެ. އުސްމާނަކަށް ނުނިދެއެވެ. ނިދިނުވެސް އާދެއެވެ. ވާނީވެސް އެހެންތާއެވެ.މިރެއަކީ ބޮޑުރެއެއްވިއްޔާއެވެ. ހީވަނީ ގޭތެރޭގައި މީހަކު ހިނގާހެންނެވެ. ހަރީރާ އައިސް ގޮވާލާހެންނެވެ. މިހާލުގައި އުޅެނިކޮށް ބާރަގަޑިބައިވެއްޖެއެވެ. ކުއްލިއަކަށް މަދިރިގެ ބޭރުން ހިޔަންޏެ އްވާހެންހީވިއެވެ. އަންހެނެކެވެ. ލިބާސްލައިގެން ހުރި މީހެކެވެ. އުސްމާނު ދެލޯބޮޑުކޮށްގެން ބަލަހައްޓައިގެން އޮތެވެ. އޭނާހިތައް އެރިއެވެ. ތައްހާނުބޭ އެބުނީ ހަމަތެދެކެވެ. އަހަރެންގެ ޕަރުވާނާ އައީއެވެ. މަގޭ ހަރީރާ މަށާއި ހިތްކީއެވެ. އެމީހަކު އައިސް މަދިރިގެއާ ކައިރިވެއްޖެއެވެ. އުސްމާނު އަވަހަށް ލޯމަރާލިއެވެ. އަދި ގުގުރީގައިވައި އަޅުވާލުމަށްފަހު ރީތި ގަހަކަށް ބޮޑުސަތަރު ވެއްޓިފައި އޮންނަކަހަލަ ގޮތަކަށް އޮތެވެ. އެމީހާއައިސް އެނދުގައި އޮށޯއްވެއްޖެއެވެ. އުސްމާނުގެ ގައިގާ ބައްދާލިއެވެ. އުސްމާނު އުފަލުން ފޮޅުނެވެ. ދުވަސްގަނޑަކަށް ފަހު އޭނާގެ އަނބިމީހާ އޭނާގެ ގައިގައި ބީހިލުމުންނެވެ.

ހަމައެވަގުތު ބަފާބެ ޔައުގޫބަށް ހޭލެވިއްޖެއެވެ. އޭނާގެ އަނބި ޒައިނަބު އެނދަކު ނެތެވެ. ރަނގަޅަށް ލޯހުޅުވާ ބަލާލިއެވެ. ބޮޑުއަށީގައި ހަރީރާ ނިދާފައި އޮތެވެ. ޔައުގޫބު ތެދުވެގެންގޮސް ދޮރުމަތި ދޮރަށް ބަލާލިއެވެ. ގިފިލިފަރާތު ދޮރަށް ބަލާލިއެވެ. ދޮރުތައް ހުރީ ތަންޑު އަޅުވާފައެވެ. އެތެރެގެތެރެއަށް ބޯދިއްކޮށްލިއިރު މަދިރިގެތެރޭގައި ދެމީހަކު ހުޅޭހެން ހީވިއެވެ. ބަފާބެއަށް ޝައްކުވިއެވެ. އޭނާ ހިތަށް އެރިއެވެ. އަނެއްކާ ބޮޑުއަށީގައި އެއޮތީ ހަރީރާ ބާވައެވެ. ނޫނީ ޒައިނަބު ބާވައެވެ. މަޑުމަޑުން ގޮސް ބޮޑުއަށިކައިރިއަށް ލެފިލިއެވެ. އެއީ ހަމަ ހަރީރާއެވެ. އުސްމާނުގެ އަނބި ހަރީރާއެވެ. އުތުރުއެދުގައި އެއޮތީ ޒައިނަބުކަން ޔަގީންވިއެވެ. ޔައުގޫބުގެގައިން އޮށްދާހިއްލާގަތެވެ. ހީބިބިނަގައިގަތެވެ. ވިންދު އަވަސްވިއެވެ.

މޫނުމަތި ރަތްވިއެވެ. ވަގުތުން ގޭތެރޭގައި ހުރި ތަންޑުބުރިއެއްނެގިއެވެ. އަނދެގެންހުރި މުންޑު އަރުވާޖެހުމަށްފަހު  ބަލާކަށް ނުހުރެ އެތެރެގެއަށްވަދެ މަދިރިގެ ފޮތިގަނޑު ހިއްލާލުމާއިއެކު ޒައިނަބު ގައިގާ ބޮނޑިއެއް އުސްމާނުގައި ދެބޮނޑި އަޅައިފިއެވެ.

އުސްމާނަށް ހޭވެރިކަން ވީ އަދިކިރިޔާއެވެ. ރަނގަޅަށް ލޯހުޅުވާ ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ކައިރީގައި މިއޮތީ ހަރީރާއެއްނޫނެވެ. މައިދައިތައެވެ. ލަދުން ހަދާނެ ގޮތް ހުސްވެއްޖެއެވެ. އަނގައިން ބަސްހުއްޓުނެވެ. ޔައުގޫބު ޒައިނަބުގެ އަތުގައި ހިފާ އުސްމާނާ ވަކިކުރަން މަސައްކަތްކުރިއެވެ. އެވަގުތު ޒައިނަބު ބުނަމުންދިޔައެވެ. “އަހަރެން އުސްމާނާ ހިތާވެއްޖެއެވެ. އަހަރެން އޭނަޔާ ވަތްކެއްނުވާނަމެވެ.” މިހެން ގޮވަމުން އުސްމާނުގެ ގައިގައި އައްޓަމަހެއް ފަދައިން ހިއްޕައިގެނެގެން އޮތެވެ.

ގޭތެރޭގައި އަޑުފަށްގަޑު ގަދަވެއްޖެއެވެ. ތަންގަޑުމީހުން ގޭދޮށަށް އެއްވެއްޖެއެވެ. ހަރީރާއަށްވެސް ހޭލެވިއްޖެއެވެ. އެތެރެގެތެރެއަށް ގޮސް ބަލާލިއިރު ކަމަކުދާކަށް ނެތެވެ. މަންމަ މިއޮތީ ފިރިމީހަގާތަށް އަރައެވެ. ހަރީރާއާއި ޔައުގޫބާ ދެމީހުންވެގެން ޒައިނަބު، އުސްމާނާ ވަކިކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އެކަމަކު ހިލާ އެހެނަކުން ނުވިއެވެ. އެންމެ ފަހުން ކަންތައް ވީގޮތް އުސްމާނަށް ވިސްނިއްޖެއެވެ. ތައްޚާނުބޭ އަތަށް މިގެންދެވުނީ ހަރީރާގެ ކަނޑިއްކެއްނޫނެވެ. މައިދައިތަގެ ކަނޑިއްކެވެ. އުސްމާނު ހާސްވެ ކަންތައް ބޮޑުވެއްޖެއެވެ. ހަދާނެ ގޮތް ހުސްވެ ސިކުނޑި ސުމަކަށް ދިޔައެވެ.

ނޯޓް: މިއީ ފަންވަތް ސައިޓްގައި ޢަބްދުﷲ ޢަފީފް  / އިމޭޖް،ކ.ކާށިދޫ ލިޔެފައިވާ ވާހަކައެކެވެ.
  1. މާދާތަ

    އެހެނުންވާނީވެސް އަހަރެން އިދެގެންއުޅޭ ޔައުގޫބަވުރެ އުސްމާނީ މާޅަވިޔާ ބަލަންރީތިވެސްމެ