ރިޕޯޓް
ހަންގަޑުގެ ބައެއް ތަންތަން ކަޅުވެ، ކުރަކިވުން، އަޅާނުލައި ދޫކޮށްލާ ވަރަށް ވުރެ ސީރިއަސް ސިއްޙީ މައްސަލައެއް

“އަކަންތޯސިސް ނިގްރިކަންސް” ނުވަތަ ހަންގަޑު ބައެއް ތަންތަން ކަޅުވެ، ކުރަކިވުމުގެ މައްސަލަ އަކީ، މިފަހަކަސް އައިސް ދިވެހި މުޖުތަމަޢުން ފެނި، ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ސިއްޙީ މައްސަލައެކެވެ. މިލިޔުމަގައި މި ސިއްޙީ މައްސަލަޔަށް އަލި އަޅުވާލެވިފައި ވާނެއެވެ.

މިލިޔުމުގެ މަޤްސަދަކީ ވީހާވެސް ގިނަ ބަޔަކު މިސިއްޙީ ހާލަތާއި މެދު ހޭލުންތެރިކޮށް، މިފަދަ ސިއްހީ މައްސަލަތަށް ގިނަ ބައެއްގެ ސަމާލުކަމަށް ގެނައުމެވެ.

“އަކަންތޯސިސް ނިގްރިކަންސް” އަކީ ކޮބާ؟

އަކަންތޯސިސް ނިގްރިކަންސް އަކީ ހަންގަނޑަށް ކުރިމަތިވާ މައްސަލައެކެވެ. މިމައްސަލަ ކުރިމަތިވުމުން، ހަންގަނޑު ބޯވެ،ކުރަކިވެ، ހަންގަނޑު ކަޅުވެ، ކަޅުކުލައިގެ ނިޝާންތަކެއް ހަންގަނޑަށް ކުރިމަތި ކުރުވައެވެ. އާންމުގޮތެއްގައި މިނިޝާންތައް ހުންނަނީ، ކިހިލިފަތްދޮށުގައި، އުޅަބޮށި ލަންބާލާއިރު، އެތެރެ ހަންގަނޑުގައި އަދި ކަރުގެ ފުރަގަހުގައެވެ. މި ފަދަ ނިޝާންތަކަކީ، ހަންގަޑަށް ހުތުރު ކަން ގެނުވާ އަދި، ފެންނަ ފެނުމަށް ތެތް ކަމެއް ހުރުމާއިއެކު، ރާޅުތަކެއްހެން ހަންގަނޑު ބޯވެފައި ހުންނަ ނިޝާންތަކެކެވެ.

“އަކަންތޯސިސް ނިގްރިކަންސް” ކުރިމަތިވަނީ ކިހިނެއް؟

“އަކަންތޯސިސް ނިގްރިކަންސް” ކުރިމަތިވަނީ ލޭގައި އިންސިއުލިންގ ލެވެލް އާދަޔާ ޚިލާފަށް މަތިވުމުން، އިންސިއުލިން ރެސިސްޓެންސް ކިޔާ ހާލަތެއް ކުރިމަތި ވެގެންނެވެ. އިންސިއުލިން ރެސިސްޓެންސް ގިނަފަހަރަށް ކުރިމަތިވަނީ ކުޑަކުދިން، އާދަޔާ ޚިލާފަށް ފަލަވެ ބަރުދަން އިތުރުވުމުން އޮބޭސްވެ، ނުވަތަ ހަށިގަނޑުގެ އިސްކޮޅާއި ބަރުދަން ހުންނަންޖެހޭ މިންވަރަށް ވުރެ ބޮޑަށް ފަލަވުމުން ނުވަތަ ޓައިޕް 2 ޑައިބެޓިކް ކުރިމަތިވުމުން (ހަކުރު ބަލި ޖެހުމުން)ނެވެ.

ބައެއް ހާލަތްތަކުގައި މިމައްސަލަޔަކީ، މައިންބަފައިންގެ ފަރާތުން ކުދިންނަށް ވާރުތަވާ ހަމުގެ މައްސަލައެކެވެ. ތަފާތު ދޭތެރެ ދުރުކުރަން ބޭނުންކުރާ ބޭސްތަކުންވެސް މިމައްސަލަ ބައެއްފަހަރު ކުރިމަތިވެއެވެ. މިބާވަތުގެ ހަމުގެ މައްސަލަޔަކީ، ބައެއް ބާވަތުގެ ކެންސަރުގެ ނިޝާނެއްވެސް މެއެވެ. ނަމަވެސް ކުޑަކުދިންނަށް ވަރަށް މަދުން ނޫނީ ކުރިމަތި ނުވާ ހާލަތެކެވެ.

މިސިއްޙީ މައްސަލަ ދެނެގަންނާނީ ކިހިނެއް؟

ކުއްޖެއްގެ ކިބައިން މިބަލީގެ އަލާމާތެއް ފެންނަ ނަމަ، ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ. މައްސަލަ ކުރިމަތިވާ ހަންގަނޑަށް ބަލައި، ޑޮކްޓަރުންނަށް މިބަލި ދެނެގަނެވިދާނެއެވެ.

ގިނަފަހަރަށް މިބަލި ދެނެގަތުމަށް ތަފާތު ލޭގެ ޓެސްޓްތަށް ކޮށް، ހަކުރު ބަލީގެ އަލާމާތެއް ފެނޭތޯ ނުވަތަ މިބައްޔާ ގުޅިފައިވާ ސިއްޙީ މައްސަލަތަކެއް ހުރިކަން ދެނެގަނެވިދާނެއެވެ.

ފަރުވާ:

މިބައްޔަށް ފަރުވާ ހޯދުމުން، ހަންގަނޑުގައިވާ ކަޅު ޕެޗްތަށް ކުލަމަނޑުވެ ފިލައިގެން ދެއެވެ. އަދި މިމައްސަލަޔަށް ބޭނުންކުރާ ބޭސް ބޭނުން ނުކޮށް ހުއްޓުމުން ނުވަތަ ހަކުރުބަލީގެ ބޭސް ބޭނުންކުރުން ހުއްޓުމުން ތަފާތު ސިއްހީ މައްސަލަތަށް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ.

ދަރިފުޅު އާދަޔާ ޚިލާފަށް ފަލަވެ ބަރުދަން އިތުރުވެފައިވާ ވާނަމަ، އަދި މިސިއްޙީ މައްސަލަ ކުރިމަތިވެފައި ވާނަމަ، ބަރުދަން ލުއިކޮށްގެން ސިއްޙީ މައްސަލަޔަށް ހައްލެއް ހޯދިދާނެއެވެ. އަދި ބަރުދަން ލުއިކުރުމަށް އެއްވެސް ބާވަތެއްގެ ޑައެޓެއް ނަގާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

ހަމުގެ މައްސަލަޔަށް އިތުރު ހައްލެއް ހޯދުމުގެ ގޮތުން ބައެއްކަހަލަ ލޯޝަން ނުވަތަ ކްރީމް ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. ލޯޝަން ނުވަތަ ކްރީމް ބޭނުންކުރުމުން ހަންގަނޑުގެ ކުރަކިކަން ކަނޑުވައި، ހަންގަނޑު އަލިކޮށްދެއެވެ. ނަމަވެސް “އަކަންތޯސިސް ނިގްރިކަންސް” އަކީ އާންމުގޮތެއްގައި ވަކި ޚާއްސަ ބޭހެއް ބޭނުންވާ މައްސަލެއް ނޫނެވެ.

އިތުރަށް އެނގެން ބޭނުންވާ މަޢުލުލޫމާތު:

މިމައްސަލަ ދިމާވެފައިވާ ހަންގަނޑުގެ ސަރަހައްދު ހަޑި ކޮށް ފެންނަ ފެނުމުގައި ފެނުނު ނަމަވެސް، ހަނޑި މުޑުދާރު އެއްވެސް އެއްޗެއް ހަންގަނޑުގައި އެކުލެވިގެން ނުވެއެވެ. ހަންގަޑު ކަހައި ކަންތައް ކުރުމުން ބޮޑަށް ހަންގަނޑު ހިރުވައި ކަހައި ގޮތްގޮތްވެއެވެ.

މައްސަލަ ކުރިމަތިވެފައިވާ ހަންގަނޑު ސާފު ފެނުން ސާފުކޮށްލުމުގެ މައްސަލައެއް ނެތެވެ، ނަމަވެސް، މިމައްސަލަ ކުރިމަތިވެފައިވާ ސަރަހައްދުގެ ހަންގަނޑު ބްލީޗް ކުރުން، ކަހައި ހެދުން، އަދި ތަފާތު ބާވަތުގެ ބޭސްތަށް އުނގުޅައި ހެދުމަކީ، ރަނގަޅު ކަމެއް ނޫނެވެ.

ރަނގަޅު ކާނާ ކެއުމާއެކު، ޤަވާއިދުން ކަސްރަތު ކުރުމުން، އިންސިއުލިން ލެވެލް ދަށް ކޮށް، ހަމުގެ ކުރަކިކަން އަދި ކަޅުކުލަ އަލިކޮށް ހަންގަނޑު ސާފުވެގެން ދެއެވެ.

  1. Thankolheh reechah kiyan engey gothah liyeladhee