ޚަބަރު
އެކުވެރި ސުވަދީބު ޕާޓީ އަށް ހުއްދަ ނުދިނުމުން ކޯޓަށް!

“އެކުވެރި ސުވަދީބު ޕާޓީ”ގެ ނަން ފާސްކޮށްދެވެން ނެތްކަމަށް ވިދާޅުވެފައިވާތީވެ، ސިޔާސީ ޕާޓިގެ ގާނޫނު ގެ 25 ވަނަ މާއްދާގެ ދަށުން ކޯޓު މަރުހަލާއަކަށް ދިޔުމަށް މަޝްވަރާ ކުރަމުން އަންނަކަމަށް “އެކުވެރި ސުވަދީބު ޕާޓީ” އިން ބުނެފިއެވެ.

އެކުވެރި ސުވަދީބު ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުހައްމަދު ޔާސީން ހުވަދޫ އަށް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކޮށްފައިވާ ކަމަށާއި މިއަދު ހެނދުނު 11 ޖެހިއިރު އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި އޮތް ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާއި އަދި އެކޮމިޝަންގެ ގާނޫނީ ޓީމުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ޔާސީން ވިދާޅުވީ، މިއަދު އިލެކްޝަން ކޮމިޝަނާއި އެކު ކުރިއަށް ދިޔަ މިބައްދަލުވުމަކީ އެކުވެރި ސުވަދީބު ޕާޓީ އުފެއްދުމަށް ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު،ހުށަހެޅި ފޯމަކާއި ގުޅިގެން އޭގެ ޖަވާބުގައި ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ފޮނުއްވި ސިޓީގައި “އެކުވެރި ސުވަދީބު ޕާޓީ”ގެ ނަން ފާސްކޮށްދެވެން ނެތްކަމަށް ވިދާޅުވެފައިވާތީވެ މިކާމާއި ގުޅޭގޮތުން ބޭއްވެވި މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ޔާސީނު ހުށަހަޅާފައިވާ ނަމަކީ ގާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓިގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާފަދައިން ރާއްޖޭގެ ވަކިސަރަހައްދަކަށް ނިސްބަތްވާ ނަމެއް ކަމުގައިއެވެ. އަދި ހަމައެހެންމެ މިނަމަކީ ސިޔާސީ ޕާޓީގެ ގަވައިދުގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ އިޚްތިޔާރުގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ނުކުރެވޭނަމެއްކަމުގައިއެވެ.

މިކަމާއި ގުޅިގެން އިތުރަށް މަޝްވަރާކުރުމަށްޓަކައި ޔާސީނުގެ އެދިލެއްވުމަކަށް މިއަދު ބޭއްވި ބައްދަލުވުމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ވިދާޅުވީ އެކޮމިޝަނަށް ލިބިފައިވާ ގާނޫނީ ލަފާގެ މަތިން މިނިންމުން އިތުރަށް މުރާޖަޢާކޮށްދެވެން ނޯންނާނެކަމަށެވެ.

މިބައްދަލުވުމަށްފަހު ޔާސީނު ވިދާޅުވަނީ “ސުވަދީބު” މިނަމަކީ ކުރީ ޒަމާނުގައި ޖޯގްރަފިކަލީ ދެކުނުގެ 4 އަތޮޅު ހިމެނޭ ސަރަހައްދަށް ނިސްބަތްކޮށް ކިޔުނު ނަމަކަށްވިޔަސް، ދިވެހި ދައުލަތުގެ އެއްވެސް ރަސްމީ ލިޔެކިޔުމަކުން ރާއްޖޭގެ ސަރަހައްދަކަށް ނިސްބަތްކޮށް ކިޔާ ނަމެއްކަން އެގެން ނޯންނަކަމަށެވެ.

އަދި އެކުވެރި ސުވަދީބު ޕާޓީ އުފެއްދުމަށް މަސައްކަތް ކުރައްވާ ޓިމަށް މިހާތަނަށް ލިބިފައިވާ ގާނޫނީ ލަފާތަކަށް ބަލާއިރުވެސް މިކަންއޮތީ މިހެންކަމަށާއި އެހެންކަމުން އިލެކްޝަންސް ކޮމިޝަނަށް ގާނޫނީ ހައިސިއްޔަތަކުން މިޖަވާބުދެވެން ނެތްކަމަށެވެ. ވީމާ މިމައްސަލާގައި އިތުރަށް ގޮތެއް ނިންމައިދިނުމަށްއެދި, ގާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓިގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން ކޯޓު މަރުހަލާއަކަށް ދިޔުމަށް މަޝްވަރާ ކުރަމުން އަންނަކަމަށެވެ.

ޔާސީނު އިތުރަށް ވިދާޅުވީ ސުވާދީބަށް ނިސްބަތްކޮށް ޕާޓީއެއް އުފަންކުރުމުގެ މައިގަނޑު މަގުސަދަކީ ވެރިކަންކުރާ މާލޭގެ ސަރަހައްދުން ބޭރުން ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައިވެސް ސިޔާސީ ހަރަކާތްތައް ފެށުމަށް ޖާގަހޯދުންކަމަށެވެ. އަދި މިރާއްޖެ ތަރައްގީ ކުރުމަށް މިވަގުތު ހުރި ގޮންޖެހުންތަކަށް ބަލާއިރުވެސް މިފެންނަކީ ހުރިހާކަމެއް މަރުކަޒީ ކުރެވި އެއްސަރަހައްދަކަށް ޖަމާވެފައިވާ މަންޒަރުކަމަށާއި އެގޮތުން ސިޔާސީ ފިކުރުތައްވެސް ވަނީ މަޒުކަޒީ ކުރެވިފައިކަމަށެވެ.

“ކީއްވެގެންތޯ ރާއްޖޭގެ އެންމެ އުތުގެ ރައްޔިތުން ނޫނީ އެންމެ ދެކުނުގެ ރައްޔިތުންގެ ސިޔާސީ ފިކުރަކަށް ޖާގަ ނުދެވެންވީ؟ ހަމަ އެފަދަ ފިކުރެއްގެ ތެރެއިންވެސް އަޅުގަނޑުމެންނަށް މުޅިރާއްޖެ ތަރައްގީ ކުރެވިދާނެ. ވަކިން ޚާއްސްކޮށް ރާއްޖޭގެ އަތޮޅުތަކުގެ ހާލަތު ބަދަލުކުރުމަށް މިވަގުތު ރާއްޖޭގައި މިއޮތް ސިޔާސީ މާހައުލަށް ގެންނަންޖެހޭ އެންމެ މުހިންމު އިންގިލާބީ ބަދަލަކީވެސް އަޅުގަނޑު ދެކޭގޮތުގައި މިއީ”– ޔާސީން

އަދި ހަމަ އެހެންމެ ޔާސީނު ވިދާޅުވަނީ ސުވަދީބަކީ ތަރައްގީގެ ފިކުރެއްކަމަށާއި އިރާދަކުރެއްވިއްޔާ މިޕާޓި ވުޖޫދުކޮށް ހަގީގީ މާނައިގައި ރާއްޖޭގެ އަތޮޅުތަކުގެ ހާލަތު ބަދަލުކޮށް ސަރަހައްދީ އިގްތިސާދުތަކެއް ގާއިމުކޮށްދޭނީ އެޕާޓީންކަމަށެވެ.

ސުވަދީބަކީ އިހު ޒަމާނުގައި އެންމެ ދެކުނުން އޮންނަ އައްޑޫ، ފުވައްމުލައް އަދި ހުވަދޫ މި ތިން އަތޮޅަށް ކިޔައި އުޅުނު ނަމެކެވެ. އެހެންކަމުން ޕާޓީއަށް ކިޔަން ހުށަހެޅި ނަމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފު ނަމެއް ކަމަށް އިލެކްޝަނުން ނިންމީ އެވެ. އެހެން ނަމަވެސް، މިހާރު އެއްވެސް ރަސްމީ ސިފައެއްގައި ސުވަދީބް މާނަ ކުރާ އެއްވެސް ސަރަހައްދެއް ރާއްޖޭގައި ނޯވެއެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ “ކަރިޝްމާ ޕާޓީ މޯލްޑިވްސް”ގެ ނަން ދިވެހިވަންތަ ނޫން ކަަމަށް ބުނެ އެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ނުދޭން ނިންމާފަ އެވެ. ފަހުން އެ ޕާޓީއަށް ހުއްދަ ދިނީ “އިހްލާސްތެރި މޯލްޑިވްސް ޕާޓީ”

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!