ޚަބަރު
އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާއި ހިލާފަށް : ޔާމީން

އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާއި ހިލާފަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމް ބާތިލު ކުރުން ފާހަގަ ކުރުމަަށް އިދިކޮޅުން ބޭއްވި “މަރުހަބާ ރައީސް ޔާމީން” ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖެ އަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާއި، ދިވެހިރާއްޖެ އަކީ އިންޑިއާގެ އަވަށެއް ކަމަށް އިންޑިއާ އިން ހީކޮށްގެން ނުވާނެ ކަމަށެވެ.

އިދިކޮޅުން ބޭއްވި “މަރުހަބާ ރައީސް ޔާމީން” ޖަލްސާގެ ތެރެއިން– ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ އިންޑިއާގެ ގަވަރުނަރެއް ނޫން ކަމަށެވެ. އަދި މިތަނުގައި އިންޑިއާގެ ސިފައިން ތިބޭކަށް ނުޖެހޭ ކަމަށާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން އިންޑިއާގެ އަސްކަރިއްޔާ ފޭބުމަށް ރަސްމީކޮށް ގޮވާލާކަމަށެވެ.

ރައީސް ޔާމީން ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލަށް ވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ޖެނެރަލް ޝަމާލަކީ ރައީސް ޔާމީން އަށް ބޮޑުބޭބެ ކިޔާ މީހެއްކަމުން ކޮއްކޮއަކަށް ބޭބެއަކު ދޭނެ ނަސޭހަތެއްގެ ގޮތުގައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާއި ހިލާފަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ކުރަން ޖެހޭނީ މުސްތަގިއްލު ވެރިކަމެއް ކަމަށާއި އެހެން ނޫންނަމަ ވެރިކަން ދޫކޮށް ފައިބައިގެން ދާންވީ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!