އައްޑޫސިޓީ ކައުންސިލްގެ ލީގަލް އޮފިސަރ އަބްދުﷲ އިހުސާންގެ ކާރުގައި ބަޔަކު ރޯކޮށްލައިފިއެވެ.
ފުލުހުން ބުނީ، ރޭ ފަތިހު 4:45 ހާއިރު އައްޑޫގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އަލިފާން ރޯކޮށްލުމުގެ ސަބަބުން ކާރު ބޭނުން ނުކުރެވޭ ވަރަށްވުރެ ބޮޑަށް އަަނދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، ފުލުހުން އަންނަނީ މިމައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.