ޚަބަރު
6 ލައްކަ ރުފިޔާ ޚަރަދު ކޮށްގެން މަޑަވެލި ރަމްޒު ކޮށްދޭ އައިކަން އެއް ބަހައްޓަނީ
ގދމަޑަވެލި ރަމްޒު ކޮށްދޭ ގޮތަށް ފަރުމާ ކޮށްފައިވާ މޮނިއުމެންޓެއް ބެހައްޓުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށް މަޑަވެލީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މަޑަވެލި ކައުންސިލް ގެ ރައީސް ފިޔާޒް ޙަސަން ވިދާޅުވީ މަޑަވެލި ރަމްޒު ކޮށްދޭ މޮނިއުމެންޓަކީ ހެޔޮއެދޭ ފަރާތްތަކެއްގެ އެހީގައި ބެހެއްޓޭ އެއްޗެއް ކަމަށެވެ. 6 ލައްކަ ރުފިޔާ ޚަރަދު ކޮށްގެން ބަހައްޓާ “މަޑަވެލި އައިކަން” އަކީ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު އާއި މަޑަވެލީ އަބްދުﷲ ފަހުމީގެ އިތުރުން އެ ރަށު މުޙައްމަދު ނާދިމް އަދި އަމްޖަދް ޙަސަންގެ އެހީތެރިކަން ލިބިގެން އެ ބަހައްޓާ އެއްޗެއް ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.
ރައީސް ފިޔާޒް އިތުރަށް ވިދާޅުވީ ދިގުމިނުގައި 30 ފޫޓް އަދި އުސް މިނުގައި 10 ފޫޓް ހުންނަ މި އައިކަން ބަހައްޓަނީ ރަށުގެ މޫނު މަތީ ބަނދަރު ސަރަހައްދުގައި ކަމަށާއި މުޅި އައިކަން އަކީ ރޭގަނޑު ދިއްލާ ގޮތަށް ހަދާފައިވާ ވަރަށް ފުރިހަމަ އެއްޗެެއް ކަމަށް ވެސް ރައީސް ފިޔާޒް ފާހަގަ ކުރެއްވިއެވެ.
ދުބާއީގައި ތައްޔާރު ކޮށްގެން ގެނެސް މަޑަވެލީ ގައި ބަހައްޓާ މި އައިކަން ސަބަބުން އެރަށަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެކަމުގައި މަޑަވެލީގެ ކައުންސިލުގެ އިތުރުން ރައްޔިތުން ޤަބޫލުކުރެއެއެވެ.
  1. ިބޯގަމާރު

    ތިޔައްވުރެރަނގަޅުކަންތައްކުރިއްޔާރަނގަޅު