ފެންވަރު ރަނގަޅު ރެސްޓޯރެންޓެއްގެ ގޮތުގައި ތިނަދޫގައި ހިނގަމުން ދިޔަ ސޮލެއިލް ކެފޭގެ ޚިދުމަތް މެދުކެނޑުމަކަށް ފަހު މިއަދު އަލުން ހުޅުވައި ޚިދުމަތް ދޭން ފެށުމަށް ތައްޔާރު ވެއްޖެއެވެ.
ސޮލެއިލް ކެފޭ ފަރާތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އެތަނުގެ އިސްވެރިޔަކު ވިދާޅުވީ، މިއަދު ހަވީރު 3 ކުން ފެށިގެން ސޮލެއިލް ޚިދުމަތް ފެށޭ އިރު އެ ތަނުން ކުރިން ދެމުން އައި ޚިދުމަތްތައް ވާނީ އިތުރަށް ފުޅާ ކުރެވިފައި ކަމަށާއި، އެގޮތުން އިންޑިއަން ފުޑް ކެއުންތައް ކުރިޔަށްވުރެވެސް ރަނގަޅު ވެފައި މީރު ވާނެ ކަމަށެވެ.
ތިނަދޫގައި ހިނގަމުން ދިޔަ ސޮލެއިލް ކެފޭ– ފޮޓޯ: ސޮލެއިލް
އިތުރަށް މައުލޫމާތު ދެއްވަމުން އޮފިޝަލް ވިދާޅުވީ ކެފޭ އަލުން ހުޅުވޭއިރު ހުޅުވިފައި ހުންނަ ގަޑިތަކަށް ބަދަލެއް ގެނެސްފައި ވާނެ ކަމަށާއި އެގޮތުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު 3 ކުން ރޭގަނޑު 12 އަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ތިނަދޫ ގައި ހިނގާ ރެސްޓޯރެންޓް ތަކުގެ ތެރެއިން އާންމުންގެ އެންމެ ބޮޑު މަޤުބޫލު ކަމެއް ލިބިގެން ދިޔަ ސޮލެއިލް ކެފޭ އަކީ ތިނަދޫ ގައި ހިނގަމުން ދިޔަ ރެސްޓޯރެންޓް ތަކުގެ ޚިދުމަތަށް ވަރަށް ބޮޑު އިންޤިލާބެއް ގެނައި ތަނެކެވެ. އެގޮތުން އެތަނުގެ ކެއުން ތަކަށް ވަނީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އަދި އެއީ ތިނަދޫގައި އެންމެ ފެންވަރު ރަނގަޅު ކޮށް ޚިދުމަތް ދެމުން އަންނަ ދިޔަ ތަން ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.
ތިނަދޫގައި ހިނގަމުން ދިޔަ ސޮލެއިލް ކެފޭ– ފޮޓޯ: ސޮލެއިލް
މީގެއިތުރުން ސޮލެއިލް ކެފޭގައި ކަރަައޯކޭ ރޫމު ގެ އިތުރުން ތަފާތު އެކިއެކި ޙަފްލާތައް ބޭއްވޭ ގޮތަށް ހުރުމަކީވެސް ސޮލެއިލް އާއި މެދު ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖެހުނު މުހިންމު ބައެއް ކަންތައްތަކެވެ.
ސޮލެއިލް ކެފޭއަކީ ތިނަދޫގައި އެންމެފެންވަރު ރަނގަޅު ޚިދުމަތް ލިބޭ ރެސްޓޯރަންޓް އަށްވީ އިރު، މިއަދު ސޮލެއިލް ކެފޭ އަލުން ހުޅުވޭ އިރުވެސް ކުރިން ދެމުން ދިޔަ ހުރިހާ ޚިދުމަތަކެއްވެސް ލިބޭނެއެވެ.
ހެނދުނު ސައެއް މެންދުރު ކެއުމެއް ނުލިބޭތީ ވ ދެރަ
ދަންވަރު ހުޅުވަންވީ ނުން.