ކޮވިޑް-19 ބަލީގައި ރާއްޖެއިން، މިއަދު ދެވަނަ މީހަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، ހއ.ތުރާކުނުން އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ހެނދުނު 7:10 ހާއިރު މަރުވެފައިވާ ކަމަށެވެ.
މިއާއެކު ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 253 އަށް އަރާފައެވެ.
ފާއިތުވި ހަފްތާތެރޭ ކޮވިޑް ބަލީގައި ތިން މީހަކު ވަނީ މަރުވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 91،993 އަށް އަރާފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 1،726 ގައެވެ. އަދި، މީގެތެރެއިން 17 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.