ކުޅިވަރު
ސީޝެލްސް ޓީމުގެ ކެޕްޓަންގެ މޫނުމަތީގައި ޖެހި މައްސަލައިގައި އަޑުބަރޭއަށް އަދަބުދީފި

ނިމިދިޔަ މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި ސީޝެލްސްއާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން ސީޝެލްސް ޓީމުގެ ކެޕްޓަންގެ މޫނުމަތީގައި ޖެހި މައްސަލައިގައި އަޑުބަރޭ ޖޫރިމަނާކޮށް ހަ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

އެމެޗުގައި ސީޝެލްސް ޓީމުގެ ކެޕްޓަން ސްޓީވް ބެނޮއިޓް މޭރީއަށް ކުޅުމުން ބޭރުގައި ރާއްޖޭގެ މިޑްފީލްޓަރު އަދި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހަމަލާ ދިން މައްސަލައިގައި އެފްއޭއެމްގެ ޑިސިޕްލިނަރޫ ކޮމިޓީއިން ވަނީ ޑިސިޕިލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން 12،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

އޭނާ ހަމެޗުން ސަސްޕެންޑުކޮށްފައިވަނީ، އިދިކޮޅު ޓީމުގެ ކުޅުންތެރިއެއްގެ ހަށިގަނޑަށް ގެއްލުންވާ ފަދަ ހަމަލާއެއް ދީފައިވާތީއާއި ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ގައުމު ތަމްސީލު ކުރި މެޗެއްގައި އެފަދަ އަމަލެއް ހިންގާފައިވާތީއެވެ. އަދި އެމެޗުގައި އޭނާ ހޯދި ރަތްކާޑާއި ގުޅިގެންވެސް ސަސްޕެންޝަނަށް ދުވަސް އިތުރުކޮށްފައިވެއެވެ.

އަޑުބަރޭގެ މި އަމަލާއެކު، ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒުވިއެވެ. އަދި އޭނާއަށް ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!