ޚަބަރު
ހަށިވިއްކާ އަންހެނެއް ކައިރިއަށް ވަދެ އޮތް ފުލުހެއްގެ އަތުން ފޭރިގެންފި

ރައްޓެހިވެގެން އުޅުނު އަންހެން މީހާ ކައިރިއަށް ވަދެ އޮތް ފުލުހެއްގެ އަތުން 12،000 ރުފިޔާ ފޭރުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލައާ ގުޅިގެން 20 އަހަރުގެ އަންހެނަކާއި 31 އަހަރުގެ އޭނާގެ ލޯބިވެރިޔާގެ އިތުރުން 35 އަަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ތިން މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.

މިމައްސަލައާ ގުޅިގެން މި ތިން މީހުން ހައްޔަރުކޮށްފައިވަނީ، ފުލުސް މީހާއަށް އަނިޔާކޮށް އޭނާ އަތުން ފައިސާ ފޭރުނު މައްސަލައިގައި އާއި، ލޯބިވެރިޔާ އެހެން މީހެއް ގޮވައިގެން ކޮޓަރިއަކަށް ވަން މަންޒަރު ފެނުމުން އިތުރު މީހަކާއެކު އެތަނަށް ގޮސް ފޯނުން ވީޑިއޯ ކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ނަމަވެސް އެތުހުމަތުތަކަށް އަންހެން މީހާގެ ލޯބިވެރިޔާ ވަނީ އިންކާރުކޮށްފައެވެ. އަދި އޭނާގެ ލޯބިވެރިޔާ ކައިރިއަށް ވަނީ ފުލުހެއް ކަން ކުރިން އެނގިފައި ނުވާ ކަމަށާއި، އޭނާގެ އަތުން ފޭރުނު ކަމަށް ކުރާ ތުހުމަތަށްވެސް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އަދި އެފައިސާ ފުލުސްމީހާ ދީފައިވަނީ އޭނާ ދޫކޮށްލުމަށް އެއްބަސްވުމުން ހިތުން ތުހުމުގައި ކަމަށްވެސް 31 އަހަރުގެ މީހާ ވަނީ ބުނެފައެވެ.

އަދި އެމަންޒަރު ވީޑިއޯ ނުކުރާ ކަމަށާއި، ފުލުސް މީހާއަށް އޭނާ ވީޑިއޯ ކުރާކަން ހީވެގެން އޭނާގެ އަތުން ފޯނު އަތުލައި ހަލާކުކޮށް އޭނާއަށް އަނިޔާކުރި ކަމަށްވެސް ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރު ކުރި އަންހެން މީހާ ބުނެފައިވަނީ، އޭނާ ކައިރިއަށް ފުލުސް މީހާ ގޮސްފައިވަނީ ފައިސާއަށް ހަށިވިއްކަން ކަމަށާއި، އަދި އެކަމަށް އެދި އިސްވެ ގުޅީ ފުލުސް މީހާ ކަމަށްވެސް ވަނީ ބުނެފައެވެ. އޭނާ ބުނި ގޮތުގައި އަގަކީ 1000 ރުފިޔާއެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި އަނެއް ދެ މީހުން, ފުލުސް މީހާއަށް އަނިޔާކުރުން ފެށުމުން އެކަން ނުކުރުމަށް އޭނާ އެދުނު ކަމަށް އަންހެން މީހާ ވަނީ ކޯޓުގައި ބުނެފައެވެ.

އަދި ފުލުސްމީހާ އެތަނުން ދޫކޮށްލުމަށް އެއްބަސްވުމުން، އޭނާ ޓްރާންސްފާރކުރި 12،000 ރުފިޔާ އަނބުރާ އޭނާއަށް ދީފައިވާ ކަމަށްވެސް ހައްޔަރުކުރި މީހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ފުލުހެއްގެ މައްޗަށް ތުހުމަތުކުރި ނަމަވެސް އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!